Close

ފްލައިޓެއް ޑޫޑަލް ކޮށްގެން ދިއްލީއަށް ދިއުމުގެ ފުރުސަތު

ފްލައިޓެއް ޑޫޑުލް ކޮށްގެން އިންޑިއާގެ ނިއުދިއްލީ އަށް ދިއުމުގެ ފުރުސަތު ލިބޭ މުބާރާތެއް މޯލްޑިވިއަން އިން ފަަށައިފިއެވެ.

މިއީ މާފަރާއި ދިއްލީއާ ދެމެދު ދަތުރުތައް ފެށުން ޕްރޮމޯޓްކުރަން މޯލްޑިވިއަން އިން ފެށި މުބާރާތެކެވެ. މި މުބާރާތް ފަށަން އެ ކުންފުނިން ވަނީ މަތިންދާބޯޓެއްގެ އެއްބައި ކުރަހާފައިވާ ފޮޓޯއެއް ފޭސްބުކްގައި ހިއްސާކޮށްފައެވެ. މި މުބާރާތުގައި ބައިވެރިވާން އެ ބޯޓުގެ ބާކީ ހުރި ބައިތައް ޑޫޑަލްކޮށް ކޮމެންޓު ކުރުމުން ބައިވެރިވެވޭނެއެވެ.

މި މުބާރާތް ކުރިއަށްދާނީ އެ ކުންފުނީގެ ފޭސްބުކް ޕޭޖު މެދުވެރިކޮށް އެކަންޏެވެ.

މި މުބާރާތުގެ ނަސީބުވެރި ފަރާތް ހޮވާނީ ފޭސްބުކްގައި ލިބޭ ރިއެކްޝަންތަކަށް ބަލައިގެންނެވެ. އެގޮތުން، އެންމެ ގިނަ ރިއޭކްޝަން ލިބޭ މީހަކަށް ދިއްލީއަށް ދެ މީހުންގެ ރިޓާން ޓިކެޓާއި ތިން ދުވަހުގެ ހުރުން ލިބޭނެއެވެ.

މޯލްޑިވިއަން އިން ބުނި ގޮތުގައި މި މުބާރާތުގެ ނަސީބުވެރިޔާ އިއުލާން ކުރާނީ އަންނަ މަހުގެ 10 ވަނަ ދުވަހުއެވެ.

ގުޅުންހުރި ލިޔުންތައް

ހިޔާލު ފާޅު ކުރައްވާ!

ކޮމެންޓް

Your email address will not be published. Required fields are marked *

scroll to top