Close

އައްޑޫ ސިޓީގައި ފަތުރުވެރިކަމުގެ ދުވަހަށް އެދެވިގެންވާ ޝައުގުވެރިކަމަކާއި އުފާވެރިކަމެއް ނެތް: މައުސޫމް

އައްޑޫ ސިޓީގައި ފަތުރުވެރިކަމުގެ ދުވަހަށް އެންމެ އެދެވިގެންވާ ޝައުގުވެރިކަމަކާއި އުފާވެރިކަމެއް ނެތް ކަމަށް ޓޫރިޒަމް މިނިސްޓަރު ޑރ. ޢަބްދުﷲ މައުސޫމް ވިދާޅުވެއްޖެ އެވެ.

މިނިސްޓަރު މައުސޫމް ވިދާޅުވެފައިވަނީ އައްޑޫގައި ފަތުރުވެރިކަމުގެ ދުވަސް ކުލަގަދަކޮށް ފާހަގަ ނުކުރަން ނިންމީ ހަމައެކަނި ކޮވިޑް-19 ގެ ސަބަބުން ނޫން ކަމަށެވެ. އަދި އެދުވަހުގެ މުނާސަބަތާއި ގުޅިގެން ހުޅުވަން ގަސްތުކޮށްފައިވާ ސަންގްރިއްލާ އަދި ކެނަރީފް ރިސޯޓް ހުޅުވޭނެ ތާރީޙެއް ކަނޑައެޅިފަައި ނެތުމަކީ ލިބޭ އިތުރު ދެރައެއް ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

މީގެ އިތުރުން އައްޑޫ ކައުންސިލުން އެހާ ކުލަގަދަ ކޮށް އެދުވަސް ފާހަގަ ނުކުރަން އެދިލެއްވުމުން މިނިސްޓްރީ އިންވެސް އެގޮތަށް އެއްބަސްވެފައިވާ ކަމަށް މައުސޫމް ވިދާޅުވިއެވެ.

ކޮވިޑް-19 އާ ގުޅިގެން އެ 2 ރިސޯޓް ބަންދުކުރެވިފައި ވާއިރު އެކަމުގެ ސަބަބުން 500 އަށް ވުރެ ގިނަ ޒުވާނުންނަށް ވަނީ ވަޒީފާގެ ފުރުސަތު ގެއްލިފައެވެ.

ގުޅުންހުރި ލިޔުންތައް

ހިޔާލު ފާޅު ކުރައްވާ!

ކޮމެންޓް

Your email address will not be published. Required fields are marked *

scroll to top