Close

ނަޑެއްލާ އިންޖީނުގެ ނިމެނީ

ފޮޓޯ: ގާފު މީޑިއާ

ގދ. ނަޑެއްލާ އިންޖީނުގޭގެ ބޮޑު ބައި މަަސައްކަތް ނިމިއްޖެ ކަމަށް ފެނަކަ ކޯޕަރޭޝަނުން ބުނެފިއެވެ.

އެ ކުންފުނިން ބުނިގޮތުގައި މިހާތަނަށް އެ މަޝްރޫއުގެ 80 އިންސައްރަ މަސައްކަތް ވަނީ ނިމިފައެވެ. އެގޮތުން އާ އިންޖީނުގެ އިމާރާތުގެ އިންޖީން ރޫމްތަކުގެ މަސައްކަތް މިހާރު ނިމިފައިވާ ކަމަށާއި މިހާރު ކުރިޔަށް ދަނީ އިންޖީނުގެ އިމާރާތުގެ ތެރޭގައި މުށި ޖެހުމުގެ މަސައްކަތް ކަމަށް އެ ކުންފުނިން ބުންޏެވެ.

މި މަޝްރޫއުގެ ދަށުން އެރަށުގައި އާއިންޖީނު ގެއެއްގެ އިތުރުން އާ އޮފީސް އިމާރާތެއްވެސް އަޅާނެއެވެ.

ފެނަކައިން އަންނަނީ އެ ކުންފުނިން ހިދުމަތްދޭ ގިނަ ރަށްތަކުގައި މިހާރު ހުރި އިންޖީނުގެތައް ބަދަލުކޮށް ހިދުމަތްތައް ފުޅާ ކުރުމަށް މަސައްކަތް ކުރަމުންނެވެ. އެގޮތުން، ބައެއް ރަށްތަކުގެ ކަރަންޓުގެ ކެޕޭސިޓީ އިތުރު ކުރުމަށް ޖަނަރޭޓަރުތައް ވެސް ދަނީ ގެންދަމުންނެވެ.

ގުޅުންހުރި ލިޔުންތައް

ހިޔާލު ފާޅު ކުރައްވާ!

ކޮމެންޓް

Your email address will not be published. Required fields are marked *

scroll to top