Close

އުރީދޫ މޮބައިލް ޑާޓާއަށް މިއަދުން ފެށިގެން ބޮޑު ބަދަލެއް

ސަރުކާރުގެ ނެޓުހެޔޮ މަޝްރޫއުގެ ދަށުން އުރީދޫ ޕްރީޕެއިޑް، ޕޯސްޓްޕެއިޑް އަދި ފަސޭހަ ހޯމް ބްރޯޑްބޭންޑް ޕްލޭންތަކުގެ ޑޭޓާ އެލަވަންސްތައް އިތުރުކޮށް، މުޅިން އާ ޕްލޭތަކެއް ތައާރަފްކުރުމާ އެކު އުރީދޫ ޑޭޓާގެ އަގަށް ބޮޑެތި ބަދަލުތަކެއް ގެނެސްފިއެވެ.

މި ބަދަލާއެކު އުރީދޫ ޕްރީޕެއިޑް ކަސްޓަމަރުންނަށް 60 އިންސައްތައާ ހަމައަށް އިތުރު ޑޭޓާ ލިބޭ އިރު ޕޯސްޓްޕެއިޑް ކަސްޓަމަރުންނަށް ބޮޑެތި ޑޭޓާ އެލަވަންސްތަކާއެކު ހެޔޮ އަގުގައި މުޅިން އާ ޕެކޭޖްތަކެއް ވެސް ލިބޭނެއެވެ. އަދި ފަސޭހަ ހޯމް ބްރޯޑްބޭންޑް ޕްލޭންތަކަށް 25 އިންސައްތަ އިތުރު ޑޭޓާ ލިބޭ އިރު، ކަސްޓަމަރުންނަށް ހާއްސަ އޮފާއެއްގެ ގޮތުގައި 80 އިންސައްތައާ ހަމައަށް އިތުރު ޑޭޓާ ވެސް ލިބޭނެއެވެ.

މީގެ އިތުރުން ޕްރިޕެއިޑް ޕްލޭންތަކުން 38 އިންސައްތައާ ހަމައަށް ޑޭޓާގެ އަގު ވެސް ވަނީ ތިރިކޮށްފައެވެ. އަދި ޕޯސްޓްޕެއިޑް ކަސްޓަމަރުންނަށް 30 އިންސައްތައާ ހަމައަށް އިތުރު ޑޭޓާ އެލަވަންސް އެކު އާ ޕްލޭންތަކެއް ތައާރަފުކޮށްފައިވާއިރު ޕޯސްޓްޕެއިޑް ކަސްޓަމަރުންނަށް 29 އިންސައްތައާ ހަމައަށް ޑޭޓާގެ އަގު ތިރިވެ، ކުރިއަށްވުރެ ގިނަ ކަންކަން ހެޔޮ އަގުގައި ކުރެވޭނެއެވެ.

ސޯޝަލް މީޑިއާ އެޕްތަކުގެ ތެރެއިން ވައިބާ، ޓުވިޓާ، ވަޓްސްއެޕް، ފޭސްބުކް، އިންސްޓަގްރާމް އަދި ޓެލެގްރާމް ބޭނުންކުރަން ހާއްސަ ޑޭޓާ އެލަވަންސް އުރީދޫގެ ކަސްޓަމަރުންނަށް ލިބޭނެއެވެ. އަދި ނެޓުހެޔޮ ޕޯސްޓްޕެއިޑް 600 އާއި އެއަށްވުރެ މަތީގެ ޕްލޭންތައް ގެންގުޅޭ ފަރާތްތަކަށް ޑޭޓާ ރޯލްއޯވާގެ ހިދުމަތާ އެކު، ކަސްޓަމަރުންނަށް މަސް ނިމޭ އިރު ބޭނުންނުކޮށް ހުރި ރެގިއުލާ ޑޭޓާ އޮޓަމެޓިކުން އަނެއް މަހުގެ ޑޭޓާ އެލަވަންސްއަށް އިތުރުވާނެއެވެ.

މިއަދު ތަޢާރަފްކުރެވުނު އައު ޕްލޭންތައް އުރީދޫ ސެލްފްކެއަރ އެޕް، އުރީދޫ އެޕް: http://ore.do/app މެދުވެރިކޮށް ނެގޭނެއެވެ.

ގުޅުންހުރި ލިޔުންތައް

ހިޔާލު ފާޅު ކުރައްވާ!

ކޮމެންޓް

Your email address will not be published. Required fields are marked *

scroll to top