Close

އޮސްޓްރިއާގެ ގައުމީ އެއާލައިނުން ރާއްޖެއަށް ސީދާ ދަތުރުތައް

އޮސްޓްރިއާގެ ގައުމީ އެއާލައިން، އޮސްޓްރިއަންއިން ރާއްޖެއަށް ސީދާ ދަތުރުތައް ފަށަން ނިންމައިފިއެވެ.

އެ އެއާލައިނުން ބުނެފައިވާ ގޮތުގައި ރާއްހެއަށް ދަތުރުތައް ފަށާނީ މި މަހުގެ 21ވަނަ ދުވަހު އެވެ. މި ދަތުރުތައް ފެށުމުން ހަފުތާއަކު ތިން ދުވަހު ދަތުރު ކުރާނެ ކަމަށް އެއާލައިނުން ބުންޏެވެ.

އޮސްޓްރިއަން އިން ރާއްޖެއަށް ދަތުރު ފަށަނީ އެ ގައުމުގެ ފިނިމޫސުމާ ދިމާކޮށެވެ. މިއީ އެ ގައުމުގެ ގިނަ ބަޔަކު ޗުއްޓީހޭދަ ކުރަން ދަތުރު ކުރާ ދުވަސްވަރެކެވެ.

އެހެން ބައެއް ގައުމުތަކަށް މި ދުވަސްވަރަކީ ފިނި މޫސުން ނަމަވެސް ރާއްޖެއަކީ ހޫނު ގައުމަކަށްވުމުން ގިނަ ބަޔަކު މި ދުވަސްވަރު ރާއްޖެއަށް ޒިޔާރަތް ކުރެއެވެ.

މިއަހަރު ރާއްޖެއަށް އެއް މިލިއަން ފަތުރުވެރިން އަންނާނެ ކަމަށް ލަފާ ކޮށްފައިވާއިރު މިހާތަނަށް އަށްލައްކައަށްވުރެ ގިނަ ފަތުރުވެރިން ވަނީ ރާއްޖެ ޒިޔާރަތް ކޮށްފައެވެ.

ގުޅުންހުރި ލިޔުންތައް

ހިޔާލު ފާޅު ކުރައްވާ!

ކޮމެންޓް

Your email address will not be published. Required fields are marked *

scroll to top