ގދ. ތިނަދޫގައި ސައިކަލަކާއި ޕިކަޕެއް ޖެހި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައިފި އެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި މިއަދު ހެނދުނު 09:30 ހާއިރު ޑރ. އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލުގެ ހުޅަނގުފަރާތުގައި އޮންނަ ތާރުމަގުގައި ހިނގި މި އެކްސިޑެންޓްގައި ޕިކަޕުގެ ވިންޑްސްކްރީން ތަޅައިގެން ގޮސްފައިވާއިރު ސައިކަލު އޮތީ ޕިކަޕު ދަށުވެފަ އެވެ.
މީގެ އިތުރުން މި އެކްސިޑެންޓްގައި ސައިކަލުގެ ފަހަތުގައި އިން ކުޑަކުއްޖާއަށް އެކި ވަރުގެ އަނިޔާ ލިބިފައިވާ ކަމަށް މައުލޫމާތު ލިބިފައިވެ އެވެ.






