Close

ފުވައްމުލަކު ފެނަކަ ބްރާންޗްގެ މުވައްޒަފުންނަށް ތަމްރީން ޕްރޮގްރާމެއް ފަށައިފި

ފުވައްމުލައް ސިޓީގެ ފެނަކަ ބްރާންޗުގައި މަސައްކަތްކުރާ މުވައްޒަފުންނަށް ހާއްސަކޮށް ތަމްރީން ޕްރޮގްރާމެއް ފަށައިފި އެވެ.

ފެނަކަ އިންސްޓިޓިއުޓް ފޯ ޓްރެއިނިން އެންޑް ރިސާޗް ގެ ޑީން، އައިޝަތު ފަސީހާ މުޙައްމަދު ވިދާޅުވެފައިވަނީ ފުވައްމުލަކު ފެނަކަ ބްރާންޗްގެ 17 މުވައްޒަފުންނާއިއެކު މިއަދު ފަށާފައިވާ މި ޓްރެއިނިންގް ޕްރޮގްރާމްގައި އިލެކްޓްރިކަލް އަދި މެކޭނިކަލް ދާއިރާއިން މުވައްޒަފުން ތަމްރީން ކުރެވޭނެ ކަަމަށެވެ.

މީގެ އިތުރުން 16 އަހަރުން މަތީގެ ކުދިންނަށް ހާއްސަކޮށްގެން އެރަށުގެ ފެނަކަ އިންސްޓިޓިއުޓުން ކުރިއަށް ގެންދިޔަ އެޕްރެންޓިސް ޕްރޮގްރާމް، ފުނަރު ޕްރޮގްރާމުގެ ދަރިވަރުންގެ އިމްތިހާންވެސް މިއަދު ފަށާފައިވާނެ ކަމަށާއި އެ ޕްރޮގްރާމްގައި ޖުމްލަ 50 ދަރިވަރުން ބައިވެރިވެފައި ވާއިރު 5 އަންހެން ދަރިވަރުންވެސް ހިމެނޭކަމަށް ފަސީހާ ވިދާޅުވިއެވެ. އަދި އެޕްރޮގްރާމްގައިި މެކޭނިކަލް ދާއިރާއިން އިންޖިން ރިޕެއަރ ކުރާނެ ގޮތް ދަރިވަރުންނަށް ކިޔާދީފައިވާނެ ކަމަށާއި އެކުދިންނަށް އިމްތިހާން ފަށާފައިވާނީ ތިއަރީ ކްލާސްތަކާއި ޕްރެކްޓިކަލް ކްލާސްތައްވެސް ކުރިއަށް ގެންދިއުމަށްފަހުގައި ކަމަށް ވެސް ފަސީހާ ވިދާޅުވެފައިވެއެވެ.

ފެނަކައިގެ މުވައްޒަފުންނަށް ތައުލީމާއި ތަމްރީނު ދިނުމަށް ހާއްސަކޮށް އެ ކޯޕަރޭޝަނުގައި ރަޖިސްޓްރީ ކޮށްގެން ހިންގާ މި އިންސްޓިޓިއުޓުން ކުރިއަށް ގެންދާ ފުނަރު ޕްރޮގްރާމް މިހާރު ކުރިއަށް ދާ ރަށްތަކުގެ ތެރޭގައި ސ. ހިތަދޫ، ދ.ކުޑަހުވަދޫގެ އިތުރުން ބ. އޭދަފުށި ހިމެނިފާވާއިރު މިހާތަނަށް 5 ރަށެއްގައި ކާމިޔާބު ކަމާއިއެކު އެ ޕްރޮގްރާމް ނިންމާލެވިފައިވާ ކަމަށް އެ އިންސްޓިޓިއުޓްއިން މައުލޫމާތު ދީފައިވެއެވެ. އެރަށްތަކަކީ ހދ. ކުޅުދުއްފުށި، ފ.ނިލަންދޫ، ނ. ވެލިދޫ، ތ. ވިލިފުށި އަދި ޏ.ފުވައްމުލަކެވެ.

ގުޅުންހުރި ލިޔުންތައް

ހިޔާލު ފާޅު ކުރައްވާ!

ކޮމެންޓް

Your email address will not be published. Required fields are marked *

scroll to top