ފަރެސްމާތޮޑާ އެއާޕޯޓުގެ ރަންވޭގެ އޭބީސީ ފަށަލަ އަޅަން މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ތައްޔާރުވެއްޖެއެވެ.
އެގޮތުން އެ ކުންފުނިން ވަނީ އޭބީސީ ފަށަލަ އަޅަން ބޭނުންވާ ތަކެތި މިހާރު ސައިޓަށް ގެންގޮސްފައެވެ.
މި މަޝްރޫއުގެ ދަށުން މިހާރު ކުރިއަށްދަނ* އެއާޕޯޓް ފަޔާ ބިލްޑިންގެ ސްޓްރަކްޗަރަލް މަސައްކަތްތަކެވެ.
މި މަޝްރޫއުގެ ދަށުން 1200 މީޓަރުގެ ރަންވޭއަކާއި ޓެކްސީވޭ އަކާއި އޭޕްރަންއަކާއި ސާވިސް ރޯޑު އިމާރާތް ކުރާނެއެވެ.
މިއީ 144.8 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ.






