ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް، ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދި މޯލްޑިވްސް (އެޗްއާރްސީއެމް)ގެ މެންބަރުކަމަށް ގދ. ތިނަދޫ، އަސޭގެ އަލްއުސްތާޛާ ސަމާއު އަޙްމަދު ނަޖީބު ޢައްޔަންކުރައްވައިފި އެވެ.
މިއަދު ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި މަޤާމަށް އައްޔަން ކުރެއްވި ކަމުގެ ލިޔުން ސަމާއުއާއި ހަވާލުކޮށްފައިވާއިރު ސަމާއުވަނީ މީގެ ކުރިން ރާއްޖެއަށް ހިދުމަތް ކުރެއްވުމުގެ ގޮތުން މަތީ މަޤާމުތަކެއް ފުރުއްވާފައެވެ.
އެގޮތުން 2015 ވަނަ އަހަރުން ފެށިގެން އެޓަރނީ ޖެނެރަލްގެ އޮފީހުގެ ސްޓޭޓް އެޓަރނީކަމާއި ސީނިއަރ ސްޓޭޓް އެޓަރނީގެ މަޤާމު ސަމާއު ވަނީ އަދާކުރައްވާފައެވެ. މީގެއިތުރުން 2010 ވަނަ އަހަރުން ފެށިގެން 2011 ވަނަ އަހަރާއި ދެމެދު ސަމާއު ވަނީ އިންޑިއާގައި ހުންނަ ދިވެހިރާއްޖޭގެ އެމްބަސީގައި އެޓޭޗޭއެއްގެ މަޤާމުވެސް ފުރުއްވާފައެވެ.
އޮސްޓްރޭލިއާގެ ޔުނިވަރސިޓީ އޮފް މެލްބަންއިން އިން މާސްޓަރ އޮފް ހިއުމަން ރައިޓްސް ލޯ ހާސިލުކުރައްވާފައިވާއިރު ސަމާއު ވަނީ އިންސާނީ ޙައްގުތަކާއި ބެހޭ އެތަކެއް ވޯކްޝޮޕްތަކާއި ސެމިނަރތަކުގައި ބައިވެރިވެލައްވާފައެވެ. އަދި އޭގެ އިތުރުން ސަމާއު އަކީ އ.ދ.ގެ ޔޫ.އެން.ސީ.އޭ.ސީއަށް ދިވެހިރާއްޖެއިން ކަނޑައަޅާފައިވާ މާހިރުންގެ ޓީމުގެ މެންބަރެއްކަން ވެސް ފާހަގަ ކޮށްލެވެެއެވެ.






