Close

ގައުމީ ފަތުރުވެރިކަމުގެ ދުވަހަކަށް އޮކްޓޯބަރު 3

ރަައްޖޭގެ ގައުމީ ފަތުރުވެރިކަމުގެ ދުވަހުގެ ގޮތުގައި އޮކޯބަރު މަހުގެ ތިން ވަނަ ދުވަސް ފާހަގަކުރަން ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހް ނިންމަވައި އިއުލާން ކުރައްވައިފިއެވެ.

އެމަނިކުފާން މިކަން އިއުލާނުކުރެއްވީ ރާއްޖޭގެ ފަތުރުވެރިކަމުގެ ރަންޔޫބީލްގެ ކައުންޓްޑައުން ފެށުމަށް ކުރުނބާ މޯލްޑިވްސްގައި ބޭއްވި ރަސްމިއްޔާތުގައެވެ.

އެމަނިކުފާނު ރާއްޖޭގެ ގައުމީ ފަތުރުވެރިކަމުގެ ދުވަހުގެ ގޮތުގައި މިދުވަސް ކަނޑައެޅުއްވީ އެއީ ރާއްޖޭގައި ފުރަތަމަ ރިޒޯޓް، ކުރުނބާ ވިލެޖް ހުޅުވި ދުވަހަށް ވާތީއެވެ.

މި ރަސްމިއްޔާތުގައި ރައީސް ވިދާޅުވީ ފަތުރުވެރިކަން ތަރައްގީކޮށް ކުރިއެރުވުމަށް ސަރުކާރުން ކުރެވެން ހުރި ހުރިހާ ކަމެއް ކުރައްވާނެ ކަމަށެވެ. އަދި ފަތުރުވެރިކަމުގެ ދާއިރާ ތަރައްގީ ކުރުމުގައި ސަރުކާރުގެ ވިސްނުމަކީ ފަތުރުވެރިކަން މުޅިރާއްޖެއަށް ފަތުރައިލުން ކަމަށާއި އެކަން ކުރުމަށް ތަރައްގީގެ މުހިންމު މަސައްކަތްތަކެއް ކުރަންޖެހޭކަން ރައީސް ވިދާޅުވިއެވެ. މީގެ ތެރޭގައި ރަށްރަށަށް ފަސޭހައިން ދަތުރުކުރެވޭނެ އިންތިޒާމެއް ގާއިމުކުރުމާއި ހުރިހާ ރަށެއްގައި ސާފު ބޯފެނާއި ނަރުދަމާ ނިޒާމު ގާއިމުކުރުމާއި ޒަމާނީ މުއާސަލާތީ ހިދުމަތްތައް ތަރައްގީ ކުރުން ހިމެނޭ ކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ރާއްޖޭގެ ފަތުރުވެރިކަން ދެމެހެއްޓެނިވި ގޮތެއްގައި ފުޅާ ކުރުމަށާއި އޭގެ ފައިދާ އަންނަން އޮތް ޖީލުތަކަށް ފޯރުކޮށްދިނުމަށް ތިމާވެއްޓާ ރައްޓެހި ގޮތްތައް ހިޔާރުކުރަން ޖެހޭ ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.

މި ރަސްމިއްޔާތުގައި ފަތުރުވެރިކަމަށް 50 އަހަރު ފުރޭ މުނާސަބަތާއި ގުޅިގެން ތައާރަފުކޮށްފައިވާ ލަވަ ވެސް ރައީސް ވަނީ އިފްތިތާހް ކޮށްދެއްވާފައެވެ.

ގުޅުންހުރި ލިޔުންތައް

ހިޔާލު ފާޅު ކުރައްވާ!

ކޮމެންޓް

Your email address will not be published. Required fields are marked *

scroll to top