Close

ހިޔާ ފްލެޓަށް ޚާއްސަ: މުއްޓާއި ކެމިކަލް ސިމެންތި "ޑޭނައިޓް ހާޑްވެއާ" އިން ހެޔޮއަގުގައި، ޑެލިވެރީ ހިލޭ!

ހިޔާފްލެޓްތަކުގައި ތަށިމުށި ޖަހަން ބޭނުންވާ ފަރާތްތަކަށް، މުއްޓާއި ކެމިކަލް ސިމެންތި ޑޭނައިޓް ހާޑްވެއާއިން ހެޔޮއަގުގައި ފޯރުކޮށްދޭން ފަށައިފިއެވެ.

ޑޭނައިޓް ހާޑްވެއާއިން ވިއްކާ މުށްޓަކީ ދުނިޔޭގެ އެކި ގައުމުތަކުގައި މަގުބޫލުކަން ހޯދާފައިވާ ސެންފޯޑް ބްރޭންޑުގެ މުށްޓެވެ.

މި މުށި ޖަހާފައި ހުންނައިރު އެ ތަނެއްގެ ރީތިކަން އެތައް ގުނައެއް ފުރިހަމަކޮށްދޭނެއެވެ. ޑޭނައިޓް ހާޑްވެއާއި ހަތަރު ކުލައެއްގެ މުށި ލިބެން ހުންނާނެއެވެ. އެއީ އިޓާލިއާ ބިއާންކޯ އާއި ރަސްޓިކޯ ބެއިޖް އާއި ކޮންކްރީޓް އޭޝް އަދި ސްޓޯނިކް ކްރީމާއެވެ. މި ހުރިހާ ކުލައަކީ ވެސް ރާއްޖޭގައި އަލަށް އިމާރާތް ކުރާ ގިނަ ގެތަކާއި ފްލެޓުތަކުގައި ބޭނުން ކުރާ ކުލަތަކެވެ. މި ކުލަތަކަކީ ތަފާތު ފަރުނީޗަރުތަކާ ވެސް ގުޅޭ ކުލަތެކެކެވެ.

މުށީގެ އިތުރުން ޑޭނައިޓް ހާޑްވެއާއިން ވިއްކާ ކެމިކަލް ސިމެންތިއަކީ ވެސް އެހާމެ މޮޅު ކޮލިޓީ ރަނގަޅު ސިމެންތިއެކެވެ. މުށި ޖަހަން ބޭނުންކުރާ މި ސިމެންތިއަކީ ޓައިލް ޕްރޯއިން އުފައްދާ މޮޅު ސިމެންތިއެކެވެ. މި ސިމެންތި ބޭނުންކޮށްގެން މުށި ޖެހުމުން މުށިތައް ނުނެއްޓި ގިނަ ދުވަހަށް ހުންނާނެއެވެ.

ހުޅުމާލެ ފޭސް 2 އަކީ، އަލަށް އާބާދުވާ ސަރަހައްދެއް ކަމުން އެ ތަނަށް ތަކެތި ގެންދިއުމަށް ބޮޑެތި ތަކުލީފުތަކެއް އުފުލަން ޖެހުމަކީވެސް އެތައް ބައެއްގެ ކަންބޮޑުވުމެކެވެ. މިގޮތުން ފިހާރަތަކުން މުދާ ގަތުމަށްފަހު އަދި އެތަކެތި ފުލެޓާއި ހަމައަށް ގެންދިޔުމަށް އާއްމުން ޕިކަޕްކުއްޔާއި އުފުލުމުގެ ޚަރަދަށް ބޮޑު ހޭދައެއް ކުރަން ޖެހެއެވެ.

އެހެން ނަމަވެސް ޑޭނައިޓް ހާޑްވެއާއިން މުދާ ބައްލަވައި ގަންނަވާ ކަސްޓަމަރުން އެކަމުގައި ކަންބޮޑުވާކަށް ނުޖެހޭނެއެވެ. ފިހާރައިން ބައްލަވައިގަންވާއި މުއްޓާއި ސިމެންތި އިތުރު އެއްވެސް އަގަކާއި ނުލައި މުޅިން ހިލޭ ޑެލިވަރީކޮށްދޭނެއެވެ. ޑޭނައިޓް ހާޑްވެއާ އިން މުދާ ބައްލަވައިގަންނަން ބޭނުންފުޅުވާ ކަސްޓަމަރުންނަށް 3335556 އަށް ގުޅައިގެން
ނުވަތަ 9898256 އަށް ވައިބާ ކޮށްގެން ވިޔަފާރި ކޮށްލެވޭނެއެވެ.

ނުވަތަ ޗަމްޕާ މަގުގައި ހުންނަ ޑޭނައިޓް ހާޑުވެއާ އަށް ޒިޔާރަތްކޮށްވެސް މުދާ ބައްލަވައި ގަނެވޭނެއެވެ.

ގުޅުންހުރި ލިޔުންތައް

ހިޔާލު ފާޅު ކުރައްވާ!

ކޮމެންޓް

Your email address will not be published. Required fields are marked *

scroll to top