ސްޓެލްކޯ އިން “ސްޓެވޯ”ގެ ނަމުގަައި ވޯކްޝޮޕެއް ހުޅުވައިފިއެވެ.
ސްޓެލްކޯގައި ރޭ ބޭއްވި ރަސްމިއްޔާތެއްގައި މި ވޯކްޝޮޕް ހުޅުވައިދެއްވީ، އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއީލާއި ސްޓެލްކޯގެ ޗެއާމަން މުހައްމަދު ރަޝީދާއި އެކުންފުނީގެ މެނޭޖިން ޑިރެކްޓަރު ހަސަން މުޣުނީއެވެ.
މި ވޯކްޝޮޕުން ދޭ ހިދުމަތްތަކުގެ ތެރޭގައި ޖަނެރޭޓަރު އެސެމްބަލް ކުރުމާއި ސާވިސް ކުރުމާއި ސާފު ކުރުމުގެ ހިދުމަތްތައް ހިމެނެއެވެ. އަދި، ކަސްޓަމަރުން ބޭނުން ގޮތަކަށް ޖަނަރޭޓަރު ސެޓްތައް މޮޑިފައި ކޮށް، ވޮރެންޓީވެސް ލިބޭނެއެވެ.
މީގެ އިތުރުން ހާއްސަ ހިދުމަތެއްގެ ގޮތުގައި އަލްޓްރާ ސްރޯނިކް ކްލީނިންގެ ހިދުމަތް ވެސް އެ ވޯކްޝޮޕުން ދޭނެއެވެ.
ރޭގެ ރަސްމިއްޔާތުގައި ސްޓެލްކޯއިން ވަނީ ސްޓެވޯ ވޯކްޝޮޕްގައި އެސެމްބަލް ކުރި ފުރަތަމަ އިންޖީނު ވެސް ދައްކާލާފައެވެ. އަދި އެކަން ކުރުމުގައި މަސައްކަތް ކުރި މުޗައްޒަފުންނަށް އަގުވަޒަން ކުރުމުގެ ހަނދާނީ ލިޔުންވެސް ވަނީ ހަވާލުކޮށްފައެވެ.






