ސްޓޭޓް ޓްރޭޑިން ކޮމްޕެނީ (އެސްޓީއޯ) އިން ވިއްކާ ތެލުގެ އަގު އަނެއްކާވެސް ބޮޑުކޮށްފި އެވެ.
އެސްޓީއޯއިން ނެރުނު ބަޔާނެއްގައި ބުނީ މިއަދުން ފެށިގެން ޕެޓްރޯލް ލީޓަރެއް ލިބޭނީ 11.16 ރުފިޔާއަށް ކަމަށެވެ. އަދި ޑީސަލް ލީޓަރެއް ލިބޭނީ 11.84ރުފިޔާއަށް ކަމަށެވެ.
އެ ކުންފުނިން ބުނި ގޮތުގައި މި ބަދަލީ ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އުފުލިފައި ވާތީ އައި ބަދަލެކެވެ. އެގޮތުން، ފާއިތުވި ހަތް އަހަރުގެ ތެރޭގައި ތެލުގެ އަގު ނުއުފުލޭވަރަށް ފާއިތުވި ދެ މަސް ދުވަހު ތެލުގެ އަގު އުފުލިފައިވާ ކަމަށާއި އެ ކުންފުންޏަށް ތެޔޮ ލިބެނީވެސް އަގު ބޮޑުކޮށް ކަމަށް އެސްޓީއޯއިން ބުންޏެވެ.
ދުނިޔޭގެ ބާޒާރުގައި ތެޔޮ ފީފާއެއްގެ އަގު ވަނީ 80.89 ޑޮލަރު (1،247ރ.) އަށް އަރައިފައެވެ.






