Close

އައްޑޫ ސިޓީ ހިތަދޫގައި އަމިއްލަ ފަރާތަކުން މިސްކިތެއް ބިނާކުރަނީ

އައްޑޫ ސިޓީ ހިތަދުގައި އަމިއްލަ ފަރާތަކުން ބިނާ ކުރާ މިސްކިތެއްގެ ބިންގާ މިއަދު ހަވީރު އެޅުމަށް ނިންމައިފިއެވެ.

300 މީހުންގެ ޖާގައިގެ މި މިސްކިތް ބިނާ ކުރުމަށް ހަމަޖެހިފައިވަނީ ހިތަދޫ އަވަށު ބަނދަރު ސަރަހައްދުގައި ހުންނަ ޕަބްލިކް ވޯކްސް ސައިޓާ އިންވެގެން ބަނދަރަށްވާ ގޮތަށް އޮތް ސަރަހައްދުގައި ކަމަށް މައުލޫމާތު ލިބިފައިވެ އެވެ. އަދި މި މިސްކިތް ބިނާ ކުރުމުގެ މަސައްކަތް ހިތަދޫގެ ސަންޝެލްސް ކުންފުންޏާއި ހަވާލު ކޮށްފައިވާ ކަމަށާއި މިއަންނަ ރޯދަ މަހު އެމިސްކިތް ހުޅުވަން ނިންމާފައިވާ ކަމަށްވެސް މައުލޫމާތު ލިބިފައިވެއެވެ.

އެގޮތުން މިއަދު ބާއްވަން ހަމަޖެހިފައިވާ ރަސްމިއްޔާތުގައި ހިތަދޫ އަވަށުގެ 6 ކައުންސިލަރުން ބައިވެރިވުމަށް ވަނީ ހަމަޖެހިފައެވެ.

މީގެ އިތުރުން ހިތަދޫގެ ވިޔަފާރިވެރިއެއްވެސް ދަނީ  އައްޑޫ ލިންކް ރޯޑުން ހިތަދޫއާ ވީކޮޅުން އޭ.އީ.އެޗް ހޮސްޕިޓަލަށް ދާން އޮންނަ ކަނބިހާ މަގުގެ އަރިމަތީގައި ޒަމާނީ ފެންވަރުގެ މިސްކިތެއް ބިނާ ކުރަމުންކަން ފާހަގަ ކޮށްލެވެއެވެ. އަދި މި މިސްކިތްވެސް އަންނަ ރޯދަ މަހު ހުޅުވޭނެ ކަމަށް މައުލޫމާތު ލިބިފައިވެއެވެ.

ގުޅުންހުރި ލިޔުންތައް

ހިޔާލު ފާޅު ކުރައްވާ!

ކޮމެންޓް

Your email address will not be published. Required fields are marked *

scroll to top