މާދަމާ ރާއްޖެ އާއި އިންޑިއާ ކުޅޭ މެޗުގެ ދެ ޓިކެޓު ހޯދުމުގެ ފުރުސަތު އުރީދޫ މޯލްޑިވްސް އިން ހުޅުވާލައިފިއެވެ.
މި ފުރުސަތުގެ ދަށުން އުރީދޫގެ މޫލީ މެސްކޮޓް ލައްވައި ގޯލެއް ޖަހައިގެން ދެ ޓިކެޓު ލިބިދާނެއެވެ.
އުރީދޫން ވަނީ އެ ކުންފުނީގެ މޫލީ ފޭސްބުކް ޕޭޖުގައި މިކަމަށް ހާއްސަ ޕޯސްޓެއް ޝެއާކޮށްފައެވެ. މި ޕޯސްޓުގައި ފެންނަ ވީޑިއޯގައި މޫލީ ގޯލު ޖަހާތަން ސްކްރީންޝޮޓް ނެގުމަށް ފަހު އެ ސްކްރީންޝޮޓް ކޮމެންޓު ކުރުމުން ޕްރޮމޯޝަނުގައި ބައިވެރިވެވޭނެއެވެ.
މި ފުރުސަތު އުރީދޫން ހުޅުވާލާފައިވަނީ މިއަދު ހަވީރު 6:00 އާ ހަމައަށެވެ.
މާދަމާރޭ ރާއްޖެ އާއި އިންޑިއާ ބައްދަލުކުރާ މެޗު އޮންނާނީ ރޭގަނޑު 9:00 ގައެވެ.






