ގދ. ތިނަދޫ މެޖިސްޓްރޭޓް ކޯޓުގެ މެޖިސްޓްރޭޓް، މުޙައްމަދު ޒާހިރު ޙަސަން ރިޓަޔަރ ކުރައްވައިފި އެވެ.
ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ބުނެފައިވަނީ މެޖިސްޓްރޭޓް ޒާހިރު، ރިޓަޔަރކުރައްވާފައިވަނީ މިއަދުން ފެށިގެން ކަމަށާއި މެޖިސްޓްރޭޓް ޒާހިރު ޝަރުޢީ ދާއިރާއަށް ކޮށްދެއްވި އަގުހުރި ޚިދުމަތްތަކުގެ އަގު ވަޒަންކޮށް ވަރަށް އިޚްލާސްތެރިކަމާއެކު ޝުކުރު ދަންނަވާ ކަމަށެވެ.
މެޖިސްޓްރޭޓް ޒާހިރު ވަނީ ޝަރުއީ ދާއިރާގައި 22 އަހަރު ޚިދުމަތްކުރައްވާފައެވެ.
އަދި މަޤާމުން މުސްކުޅިވެވަޑައިގެންނެވުމާ ގުޅިގެން އެ ކޮމިޝަނުގެ މެމްބަރުންނާއި މުވައްޒަފުންގެ ނަމުގައި ތަހުނިޔާ ދަންނަވާ ކަމަށްވެސް އެ ކޮމިޝަނުން ބުނެފައިވެއެވެ.






