އެސްޓީއޯއިން ގައުމީ ޓީމުގެ ސަޕޯޓަރުންނަށް ރަތް ޓީޝާޓު ބަހައިފިއެވެ.
އެ ކުންފުނިން މި ޓީޝާޓުތައް ބެހީ މިއަދު ހަވީރުއެވެ.
މި ޓީޝާޓުތަކުގައި ޖަހާފައިވަނީ 12ވަނަ ކުޅުންތެރިޔާއެވެ. އަދި ފަހުރުވެރިކަމާއެކު ގައުމީ ޓީމާއެކު މިހެން ވެސް މި ޓީޝާޓުތަކުގައި ޖަހައިފައި ވެއެވެ.
މާދަމާ އޮންނަ މެޗުގައި ރާއްޖެއާ އެކު ތިބިކަން އެސްޓީއޯއިން އިއްޔެ ހާމަ ކުރީ ކަނޑު އަޑިންނެވެ. މިއީ މި އަހަރުގެ ސާފް ޗެމްޕިއަންޝިޕުގައި ކުންފުންޏަކުން ގައުމީ ޓީމާއެކު ތިބިކަން ހާމަ ކުރަން ކުރި ތަފާތު ކަމެކެވެ.
ރާއްޖެ އާއި އިންޑިއާ ކުޅޭ މެޗަކީ ގައުމީ ޓީމު ފައިނަލަށް ދިއުމަށް މުހިންމު މެޗެކެވެ. މި މެޗު އޮންނާނީ މާދަމާ ރޭ 9:00ގައެވެ.






