ލ. އިސްދޫ ބަނދަރުގެ މަސައްކަތް ނިމިއްޖެ ކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ބުނެފިއެވެ.
އެ ކުންފުނިން ބުނި ގޮތުގައި މި މަސައްކަތް ނިމުނީ މިދިޔަ އޯގަސްޓް މަހުގެ 17 ވަނަ ދުވަހުއެވެ.
މިމަޝްރޫއަކީ މިނިސްޓްރީ އޮފް ނެޝަނަލް ޕްލޭނިންގް، ހައުސިން އެންޑް އިންފްރާސްޓްރަކްޗަރ އިން އެމްޓީސީސީ އާއި ހަވާލުކޮށްގެން ކުރިއަށްދާ މަޝްރޫއެކެވެ. މިއީ 34.79 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ.
މި މަޝްރޫޢުގެ ދަށުން، 31،820 ކިއުބިކް މީޓަރުގެ ސަރަޙައްދެއްގެ ބަނދަރު ފުންކޮށް، އެއްގަމު ތޮއްޓަކާއި، ބޭރު ތޮއްޓެއް ލުމުގެ އިިތުރުން، 98 މީޓަރުގެ ސަރަޙައްދެއްގައި ރިވެޓްމަންޓް ވަނީ ޖަހައިފައެވެ.
މީގެ އިތުރުން ޕޭވްމަންޓަކާއި ރޭމްޕެއް ހަދައި ބަނދަރު ބައްތި އާއި ނެރު ބައްތިވެސް ވަނީ ހަރުކޮށްފައެވެ.






