ގދ. ތިނަދޫގައި އުމުރުން 3 މަހުގެ ކުއްޖަކު ކޮވިޑް ބަލީގައި ނިޔާވެއްޖެ އެވެ.
ތިނަދޫގެ އަބްދުއް ސަމަދު މެމޯރިއަލް ހޮސްޕިޓަލުން މައުލޫމާތު ދީފައިވާ ގޮތުގައި ނިޔާވެފައިވަނީ އެރަށުގެ ކޮވިޑް ފެސިލިޓީގައި ފަރުވާ ދެމުންދިޔަ 3 މަހުގެ ފިރިހެން ކުއްޖެކެވެ. އަދި އެ ކުއްޖާ ނިޔާވެފައިވަނީ ރޭ ފަތިހުގެ ވަގުތެއްގައި ކަމަށްވެސް އެހޮސްޕިޓަލުން މައުލޫމާތު ދެއްވާފައިވެއެވެ.
މި ކުއްޖާ ނިޔާވުމާއިއެކު ކޮވިޑް-19 ގައި ރާއްޖޭގައި މަރުވި މީހުންގެ އަދަދު 239 އަކަށް އަރާފައި ވާއިރު މިއީ ރާއްޖޭގައި މިހާތަނަށް މިބަލީގައި ނިޔާވި އެންމެ ތުއްތު ކުއްޖާކަން ފާހަގަ ކޮށްލެވެއެވެ.






