މި އަހަރުގެ ފުރަތަމަ 6 މަހު މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އިން ކްލިއާ ކުރި ކޮންޓެއިނާގެ އަދަދު ދަށްވެއްޖެއެވެ.
އެމްޕީއެލް އިން ނެރުނު ތަފާސްހިސާބުތައް ދައްކާގޮތުގައި މިއަހަރުގެ ފުރަތަމަ ހަ މަހު ކްލިއާ ކުރީ 47،408 ކޮންޓެއިނަރެވެ. މިއީ މިދިޔަ އަހަރުގެ މި މުއްދަތާ އަޅާ ބަލާއިރު 2000 ކޮންޓެއިނާ ދަށް އަދަދެކެވެ.
އެމްޕީއެލްގެ ފުރަތަމަ ހަ މަހުގެ ތަފާސްހިސާބުތައް ދައްކާގޮތުގައި ގާތްގަނޑަކަށް 54،600 ޓަނުގެ މުދާ މާލެ ވިޔަފާރި ބަނދަރުން ވަނީ ކްލިއާ ކޮށްފައެވެ.
މާލޭގެ ވިޔަފާރި ބަނދަރަށް އަހަރަކު 60،000 - 70،000 ކޮންޓޭނަރު ބޭލޭނެ ކަމަށް ވަނީ ލަފާ ކޮށްފައިވާއިރު ބައެއް އަހަރުތަކުގައި އެއަށްވުރެ ގިނައިންވެސް ކޮންޓެއިނާ ކްލިއާ ކުރެއެވެެ. އެގޮތުން 2019ވަނަ އަހަރު ނިމުނުއިރު 140،000 ކޮންޓެިނާ ކްލިއާ ކުރިއެވެ.






