36 ދުވަސް ފަހުން ގއ. ގެމަނަފުށި މޮނީޓަރިންގ ހާލަތު އުވާލައި އާންމު ހާލަތަށް ގެނެސްފި އެވެ.
އެގޮތުން އެރަށް މޮނިޓަރިންގ އަށް ލާފައިވަނީ މިދިޔަ ސެޕްޓެމްބަރ މަހުގެ 14 ވަނަ ދުވަހު އެވެ.
ގެމަނަފުށި މޮނީޓަރިންއަށް ލާފައިވަނީ އެރަށުން މަސްވެރިންތަކެއް ކޮވިޑްއަށް ޕޮޒިޓިވްވުމާއި ގުޅިގެންނެވެ.
މިއަދު ވަގުތެއްގައި ގެމަނަފުށި މޮނިޓަރިންގ އިން ނެގުމަށް އެޗްޕީއޭ އިން އަންގާފައިވާއިރު ފާއިތުވި 36 ދުވަސް ތެރޭގައި އެރަށުން ވަނީ 200 އަށް ވުރެ ގިނަ އަދަދަކަށް މީހުން ކޮވިޑްއަށް ޕޮސިޓިވް ވެފައިކަން ފާހަގަ ކޮށްލެވެެއެވެ.






