Close

މިނިމަމް ވޭޖް ކަނޑައަޅާނީ ވިޔަފާރިވެރިންގެ ހިޔާލު ހޯދައިގެން: ރައީސް

މިނިމަމް ވޭޖް ކަނޑައަޅާނީ ވިޔަފާރިވެރިންގެ ހިޔާލު ހޯދުމަށް ފަހު ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

އެ މަނިކުފާނު މިހެން ވިދާޅުވީ އިއްޔެ އއ. ތޮއްޑޫއަށް ޒިޔާރަތް ކުރައްވައެވެ. ވިޔަފާރިވެެރިންގެ އިތުރުން މުވައްޒަފުންގެ ހިޔާލުވެސް މުހިންމު ކަމަށް ރައީސް ވިދާޅުވިއެވެ.

މިނިމަމް ބޭޖް ބޯޑުން މިހާރު ވަނީ އެންމެ ކުޑަ އުޖޫރު ކަނޑައަޅައި އެ ލަފާ އިކޮނޮމިކް މިނިސްޓްރީއަށް ހުށަހަޅާފައެވެ. އެ ބޯޑުން، ޕްރައިވެޓް ސެކްޓާގައި ކުދި ފަންތީގެ ވިޔަފާރިތަކަށް މަހަކު 5،000ރ. ކަނޑައަޅަން ލަފާދީފައިވާއިރު މެދު ފަންތީގެ ވިޔަފާރިތަކަށް 7،000ރ.، އަދި ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކުގެ ތެރޭގައި ނުހިމެނޭ ބޮޑެތި ވިޔަފާރިތަކަށް ކަނޑައަޅާފައި ވަނީ މަހަކު 8،900ރ. އެވެ.

މީގެ އިތުރުން ސިވިލް ސާވިސް މުވައްޒަފުންނަށް އެންމެ ކުޑަ އުޖޫރައެއްގެ ގޮތުގައި ކަނޑައަޅާފައިވަނީ މަހަކު 7،000ރ. އެވެ.

މިނިމަމް ވޭޖް ބޯޑުން ލަފާ ދިން ނަމަވެސް ފާސް ކުރާނީ އިކޮނޮމިކް މިނިސްޓްރީންނެވެ. މިހާރު ކުރިއަށް ދަނީ މިނިސްޓްރީގެ ފަރާތުން އެ ބޯޑުން ދިން ލަފާ ދިރާސާ ކުރުމުގެ މަރުހަލާއެވެ.

ގުޅުންހުރި ލިޔުންތައް

ހިޔާލު ފާޅު ކުރައްވާ!

ކޮމެންޓް

Your email address will not be published. Required fields are marked *

scroll to top