Close

އެންމެ މުހިންމު އަމާޒަކީ ގެސްޓުހައުސްތައް ކުރިއެރުވުން: ރައީސް

ސަރުކާރުގެ އެންމެ މުހިންމު އެއް އަމާޒަކީ ގެސްޓުހައުސް ވިޔަފާރި ކުރިއެރުވުން ކަމަށް ރައީސުލް ޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ އއ. ތޮއްޑޫއަށް ކުރެއްވި ރަސްމީ ދަތުރުފުޅުގައި އެ ރަށުގެ ގެސްޓްހައުސް ވިޔަފާރިވެރިންނާ ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގައެވެ.

ރައީސް ވިދާޅުވީ، ފަތުރުވެރިކަމުގެ އާމްދަނީ އެންމެ ފުޅާދާއިރާއެއްގައި ރައްޔިތުންނަށް ލިބޭނީ ގެސްޓްހައުސް ވިޔަފާރިކަމަށެވެ. އެހެންވެ، ގެސްޓްހައުސް ވިޔަފާރި ތަރައްގީކުރުމަކީ މި ސަރުކާރުގެ އެންމެ އިސް އެއް އަމާޒު ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ގެސްޓްހައުސްގެ އިތުރުން ހޯމް ސްޓޭ ޓޫރިޒަމް ފެށުމަށް ވެސް ސަރުކާރުން އަންނަނީ މަސައްކަތް ކުރަމުންނެވެ. އެގޮތުން ހޯމް ސްޓޭ ޓޫރިޒަމް ޖެނުއަރީ މަހު ފަށާނެ ކަމަށް ޓޫރިޒަމް މިނިސްޓްރީން ވަނީ ބުނެފައެވެ.

ގުޅުންހުރި ލިޔުންތައް

ހިޔާލު ފާޅު ކުރައްވާ!

ކޮމެންޓް

Your email address will not be published. Required fields are marked *

scroll to top