Close

މަރަދޫ ފޭދޫގައި ކުޑަކުއްޖަކަށް ފުލުހުން އަނިޔާކުރި ކަމަށް ތުހުމަތު ކުރެވޭ މައްސަލައެއް ބަލަނީ

ޝަހީދު ހުސައިން އާދަމް ބިލްޑިންގ

އައްޑޫ ސިޓީ މަރަދޫ ފޭދޫގައި ކުޑަކުއްޖަކަށް ފުލުހުން އަނިޔާކުރި ކަމަށް ތުހުމަތު ކުރެވޭ މައްސަލަ ބަލަމުން އަންނަ ކަމަށް ފުލުހުން ބުނެފިއެވެ.

ފުލުހުން ބުނީ މަރަދޫ ފޭދޫގައި ކުޑަ ކުއްޖަކަށް ފުލުހުން އަނިޔާކުރި ކަމަށް ތުހުމަތުކޮށް ސޯޝަލް މީޑިއާގައި ދައުރުވަމުންދާ ވީޑިއޯއެއް ފުލުހުންގެ ސަމާލުކަމަށް އައިސްފައިވާ ކަމަށެވެ. އަދި އެކަން ހިނގާފައިވާ ގޮތާ ގުޅޭ މައުލޫމާތު ފުލުހުންގެ ޕްރޮފެޝަނަލް ސްޓޭންޑަޑް ކޮމާންޑުން މިހާރު ސާފުކުރަމުންދާ ކަމަށެވެ.

މައްސަލައިގައި ފުލުހުން އަމަލުކުރަންޖެހޭ އުސޫލުތަކާ ހިލާފާށް އަމަލުކޮށްފައިވާ ކަަމަށް ތުހުމަތުކުރެވިއްނެޖަމަ ފުރިހަމަ ތަހުގީގެއް ހިންގައި އެކަމާ ގުޅިގެން އަޅަންޖެހޭ ފިޔަވަޅު އަޅާނެ ކަމުގެ ޔަގީންކަންވެސް ފުލުހުންދެ އެވެ.

ކުޑަކުއްކަޖަށް ފުލުހުން އަނިޔާކުރީ އެ ކުއްޖާ ދިރިއުޅޭ ގެއަށް ކޯޓު އަމުރަކާ ނުލައި ވަނުމަށްފަހު ކަމަށް ބައެއް މީހުން ބުނެފައިވެ އެވެ.

ގުޅުންހުރި ލިޔުންތައް

ހިޔާލު ފާޅު ކުރައްވާ!

ކޮމެންޓް

Your email address will not be published. Required fields are marked *

scroll to top