Close

ހޮސްޕިޓަލުގެ އިހުމާލުން 3 މަހުގެ ތުއްތު ކުއްޖެއް ނިޔާވިކަމަށް ބުނާ މައްސަލަ ތަހުގީގު ކުރަނީ

ގދ. ތިނަދޫގައި 3 މަހުގެ ތުއްތު ކުއްޖެއް ޑރ. އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލުގެ އިހުމާލުން ނިޔާވިކަމަށް ބުނާ މައްސަލަ ތަހުގީގު ކުރަމުން އަންނަ ކަމަށް ހެލްތް މިނިސްޓްރީން ވިދާޅުވެއްޖެ އެވެ.

ހެލްތު މިނިސްޓްރީން ވިދާޅުވީ 3 މަހުގެ ތުއްތު ފިރިހެން ކުއްޖާ ނިޔާވި މައްސަލަ އެމިނިސްޓްރީގެ ސަމާލުކަމަށް އައިސްފައިވާ ކަމަށާއި، އެ މައްސަލަ މިހާރު ތަހުގީގު ކުރަމުން އަންނަކަމަށެވެ. އަދި އެ މައްސަލާގައި އިހުމާލެއްވާނަމަ އިހުމާލުވި ހުރިހާ ފަރާތްތަކާ މެދު ފިޔަވަޅު އަޅާނެ ކަމަށް މިނިސްޓްރީން ވިދާލުވެފައިވެ އެވެ.

މީގެ އިތުރުން ހެލްތު މިނިސްޓްރީން ވިދާޅުވީ ސިއްހީ ޚިދުމަތަކީ ރައްޔިތުންނާ ވަރަށް ބޮޑަށް ގުޅިފައިވާ ޚިދުމަތަކަށްވާއިރު، މިފަދަ މައްސަލަތަކަށް ޚާއްސަ ސަމާލުކަމެއް ދީގެން މިނިސްޓްރީން ބަލާނެ ކަމަށެވެ.

ނިޔާވި ތުއްތު ކުއްޖާގެ ބައްޕަ ވަނީ އޭނާގެ ދަރިފުޅުގެ މަރުވެ ދިޔައީ 100 އިންސައްތަ ހޮސްޕިޓަލުގެ އިހުމާލުން ކަމަށް ބުނެ ގިނަ ކަންތައްތަކެއް ސޯޝަލް މީދިއާގައި ހާމަކޮށްފަ އެވެ.

މި މައްސަލާގައި މިހާތަނަށް އެއް ޑޮކްޓަރަކު ވަނީ ސަސްޕެންޑުކޮށްފައިވާއިރު، މި މައްސަލަ މިހާރު ހެލްތު މިނިސްޓްރީން ބަލަމުން އަންނައިރު، ގިނަ ބަޔަކު ވަނީ މި މައްސަލާގައި އަވަސް ފިޔަވަޅުތަކެއް އެޅުމަށް ގޮވާލާފަ އެވެ.

ގުޅުންހުރި ލިޔުންތައް

ހިޔާލު ފާޅު ކުރައްވާ!

ކޮމެންޓް

Your email address will not be published. Required fields are marked *

scroll to top