ފޮރިން ސަރވިސްގެ ބިލަކީ ރައީސް ސޯލިހް އަމިއްލައަށް ފޭއްސަވާ އިލޮށިގަނޑެއް ކަމަށް މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފް ވިދާޅުވެއްޖެއެވެ.
މެންބަރު އާދަމް ޝަރީފް މިހެން ވިދާޅުވީ، މިއަދުގެ ރައްޔިތުންގެ މަޖިލިސްގެ ޖަލްސާގައި ފޮރިން ސަރވިސްގެ ކޮމެޓީ ރިޕޯޓަށް ވާހަކަ ދައްކަވަމުން ނެވެ.
އޭނާ ވިދާޅުވީ ފޮރިން ސަރވިސްގެ ބިލަކީ ރައީސް ސޯލިހް އަމިއްލައަށް ފޭއްސަވާ އިލޮށިގަނޑެއް ކަމަށާއި، އެ އިލޮށި ގަނޑު ރައީސްގެ ލޯފުޅަށް ހެރޭނެ ކަމަށެވެ.
ފޮރިން ޕޮލިސީއަކީ ރައީސުލްޖުމްހޫރިއްޔާ ކަނޑައަޅަންޖެހޭ އެއްޗެއް ކަމަށާއި، އެކަން ޤާނޫނު އަސާސީގައި ލިޔެވިފައި އެބައޮތް ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
އެ ޒިންމާ ރައީސަށް އޮތްއިރު ވަކި މުއައްސަސާއަކާ އެކަން ހަވާލުކޮށް، ވަކި ވަޒީރަކަށް ބާރުދީ އިޚްތިޞާޞް ވަކިކޮށްލުމުން މި ދައުލަތުގެ ޔުނިޓަރީ ސިފަ ގެއް؛ލިގެންދާ ކަމަށް ވެސް އާދަމް ޝަރީފް ވިދާޅުވިއެވެ.






