Close

މީމު އެއާޕޯޓުގެ ފަޔާ ބިލްޑިންގެ މަސައްކަތް ފަށައިފި

މީމު އެއާޕޯޓު ތަރައްގީ ކުރުމުގެ މަޝްރޫއުގެ ދަށުން، އެއާޕޯޓް ފަޔާ ބިލްޑިންގެ ފައުންޑޭޝަން ބީމްގެ މަސައްކަތްތައް ފަށައިވާ ކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ބުނެފިއެވެ.

އެ ކުންފުނިން ބުނިގޮތުގައު ފަޔާ ބިލްޑިންގެ މަސައްކަތް މި ހަފުތާ ތެރޭ ނިންމާލެވޭނެއެވެ. އެއަށްފަހު ފަޔާ ބިލްޑިންގެ ކޮލަމްތަކުގެ މަސައްކަތް ފަށާނެއެވެ.

މި މަޝްރޫއަކީ 221.7 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ.

މި މަޝްރޫއުގެ ދަށުން، 14 ހެކްޓަރުގެ ބިންހިއްކައި، 1812 މީޓަރުގެ ސަރަހައްދެއްގައި ގޮނޑުދޮށް ހިމާޔަތް ކޮށް، 1200 މީޓަރު ދިގު 30 މީޓަރު ފުޅާ ރަންވޭއެއް ގާއިމުކުރާނެއެވެ. އަދި ޓެކްސީވޭއަކާއި އޭޕްރަނެއްގެ މަސައްކަތްވެސް ކުރާނެއެވެ.

ގުޅުންހުރި ލިޔުންތައް

ހިޔާލު ފާޅު ކުރައްވާ!

ކޮމެންޓް

Your email address will not be published. Required fields are marked *

scroll to top