އަޔާޑާ މޯލްޑިވްސްގެ އިންޓާންޝިޕް ޕްރޮގްރާމުގައި ބައިވެރިވާން ބޭނުންވާ މީހުންނަށް ވޯކްއިން އިންޓަވިއުތަކެއް ގދ. ތިނަދޫގައި ބާއްވަން ނިންމައިފިއެވެ.
ތިނަދޫ ރަށު ކައުންސިލުން ބުނީ މި އިންޓަވިއު އޮންނާނީ މިމަހުގެ 28 ވަނަ ދުވަހު ކަމަށެވެ. ހައުސްކީޕިން ދާއިރާއާއި އިންޖިނޭރިން ދާއިރާއިން އިންޓަވިއުތައް ކުރިއަށްގެންދާނެ ކަމަށް ކައުންސިލުން ބުންޏެވެ.
މި ެިންޓަވިއުތައް ބާއްވާނެ ތަނެއް އަދި ހަމަޖެހިފައި ނުވެއެވެ. ނަމަވެސް އިންޓަވިއުގެ ކުރިން ތަން އާއްމުންނަށް އަންގާނެ ކަމަށް ކައުންސިލުން ބުންޏެވެ.
މި އިންޓަވިއުތައް ކުރިއަށް ދާނީ 28 ވަނަ ދުވަހުގެ ހެނދުނު 10:00 އިން ފެށިގެން މެންދުރު 14:00 އާ ހަމައަށެވެ. އިންޓަވިއުގެ ކުރިން [email protected] އަށް އެ މީހެއްގެ ސީވީ ފޮނުވުމަށް އަޔާޑާއިން ވަނީ އެދިފައެވެ.






