Close

މަޑަވެލި-ހޯނޑެއްދޫ ކޯޒްވޭ ހަދަން އެމްޓީސީސީއަށް

ގދ. އަތޮޅުގެ މަޑެލި-ހޯނޑެއްދޫ ކޯޒްވޭއަކުން ގުޅުވާލަން މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އާ ހަވާލުކޮށްފިއެވެ.

މީގެ ކުރިން ވެސް މި ދެ ރަށް އޮތީ ކޯޒްވޭއަކުން ގުޅުވާލައިފައެވެ. ނަމަވެސް މިއަހަރު ތެރޭގައި ދެ ރަށުގެ ރައްޔިތުންގެ މެދުގައި ޖެހުނު ހަމަ ނުޖެހުމެއްގައި އެ ކޯޒްވޭ ހަލާކުކޮށްލީއެވެ.

މި މަޝްރޫއު ހަވާލުކުރުމަށް މިއަދު މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗާގައި ބޭއްވި ރަސްމިއްޔާތުގައި، އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ ޗީފް އޮޕަރޭޓިން އޮފިސަރު ޝާހިދު ހުސައިން މޫސާއެވެ. އަދި މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ޕާމަނަންޓް ސެކްރެޓަރީ އަލްފާލިލާ ޒީނިޔާ ހަމީދެވެ.

މި މަޝްރޫއުގެ ދަށުން، 260 މީޓަރުގެ ސަރަހައްދެއްގެ ގޮނޑުދޮށް ހިމާޔަތް ކުރުމާއި، 262 މީޓަރުގެ މަގެއް ހެދުމާއި، މަގުމާކު ކުރުމާއި، ޕޭވްމަންޓް ހެދުމާއި، މަގުބައްތި ހަރުކުރުމުގެ މަސައްކަތް ކުރާނެއެވެ.

383 ދިގު މި ކޯޒްވޭއަކީ 84.17 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ.

މި މަޝްރޫއު 300 ދުވަހުގެ ތެރޭގައި ނިންމުމަށް ވަނީ ހަމަޖެހިފައެވެ.

ގުޅުންހުރި ލިޔުންތައް

ހިޔާލު ފާޅު ކުރައްވާ!

ކޮމެންޓް

Your email address will not be published. Required fields are marked *

scroll to top