Close

ޞިއްޙީ ޚިދުމަތް ހަރުދަނާ ކުރުމަކީ، ސަރުކާރުން އެންމެ ބޮޑު އިސްކަމެއް ދެއްވާ އެއް ކަންތައް: ނައިބު ރައީސް

ޞިއްޙީ ޚިދުމަތް ހަރުދަނާ ކުރުމަކީ، ސަރުކާރުން އެންމެ ބޮޑު އިސްކަމެއް ދެއްވާ އެއް ކަންތައް ކަމަށް ނައިބު ރައީސް ފައިސަލް ނަސީމް ވިދާޅުވެއްޖެ އެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ ފުވައްމުލަކު ހޮސްޕިޓަލުގެ ލެބޯޓްރީ ޑިޖިޓަލައިޒްކޮށް ޒަމާނީ ޞިއްޙީ ޚިދުމަތުގެ ޤާބިލުކަން އިތުރުކުރުމަށް އެ ހޮސްޕިޓަލުގެ ލެބޯޓްރީ ގެ ޚިދުމަތް ފުޅާކުރުމުގެ މަޝްރޫޢު ފެށުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

މި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމް ބައިވެރިވެވަޑައިގެން، ތަރައްޤީގެ އައު މަޝްރޫޢު އިފްތިތާޙްކޮށްދެއްވީ އެމަނިކުފާނު ފުވައްމުލަކާއި އައްޑޫ ސިޓީއަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިންނެވެ.

މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވަނީ ރާއްޖޭގެ ހުރިހާ އަތޮޅެއްގައި އަދި ރަށްރަށުގައި ފެންވަރު ރަނގަޅު ޞިއްޙީ ޚިދުމަތް ފޯރުކޮށްދިނުމަކީ މި ސަރުކާރުން ވަރަށް ބޮޑު އިސްކަމެއް ދެއްވާ ކަމެއްކަމުގައި ވިދާޅުވެފައެވެ.

އަދި ރާއްޖޭގެ ހުރިހާ ހިސާބެއްގައި ވެސް ސިއްހީ ދާއިރާއަށް ހާއްސަކޮށް ޓާޝަރީ ހޮސްޕިޓަލްތަކަށް ބޭނުންވާ ވަސީލަތްތައް އެތައް ގުނައެއް އިތުރުކޮށްފައިވާ ކަމަށް ނައިބު ރައީސް ވިދާޅުވެފައިވެ އެވެ.

މި މޭރުމުން ވާހަކަފުޅު ކުރިއަށް ގެންދަވަމުން ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމް ވިދާޅުވީ، އަލަށް ޢިމާރާތްކުރެވޭ އެކްސްޓެންޝަން ޢިމާރާތުގެ ސަބަބުން ފުވައްމުލަކު ހޮސްޕިޓަލުގެ ލެބޯޓްރީގެ ޖާގައިގެ ދަތިކަމަށް ޙައްލެއް ލިބިގެންދާނެކަމަށާއި ނުކުޅެދުންތެރިކަން ހުންނަ ކުދިންނަށް ޚާއްޞަ އޯ.ޕީ.ޑީ އާއި ސްޕީޗް ތެރަޕީގެ ޚިދުމަތްފަދަ އެހެނިހެން ޚިދުމަތްތައްވެސް އާ ޢިމާރާތުގައި ހިމެނޭނެކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ގުޅުންހުރި ލިޔުންތައް

ހިޔާލު ފާޅު ކުރައްވާ!

ކޮމެންޓް

Your email address will not be published. Required fields are marked *

scroll to top