ފުވައްމުލަށް ސިޓީގެ ކުރީގެ ބަންދު ކުރުމުގެ މަސައްކަތް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ފަށައިފިއެވެ.
މިހާރި ދެކުނަށް ކުރައްވާ ރަސްމީ ދަތުރުފުޅުގައި މި މަސައްކަތް ފައްޓަވައިދެއްވީނައިބު ރައީސް ފައިސަލް ނަސީމެވެ. މި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ އޮފީހުގެ މިނިސްޓަރު އަލީ ޝިޔާމާއި، އިސްލާމިކް މިނިސްޓަރު ޑރ. އަހުމަދު ޒާހިރާއި، ފުވައްމުލައް މެދު ދާއިރާގެ މެމްބަރު ހުސައިން މުޙައްމަދު ދީދީއާއި، އެމްޓީސީސީގެ ސީއީއޯ އާދަމް އާޒިމާއި އެމްޓީސީސީގެ އިސްވެރިންނާއި، ފުވައްމުލައް ސިޓީ ކައުންސިލްގެ މޭޔަރ އިސްމާޢީލް ރަފީޤު ބައިވެރިވެވަޑައިގެންނެވިއެވެ.
މިއީ އެމްޓީސީސީގެ އިޖުތިމާއީ ޒިންމާގެ ދަށުން ކުރިއަށް ގެންދާ މަސައްކަތެކެވެ.
އެމްޓީސީސީން ބުނީ މިއީ ފުވައްމުލަކުގައި މި ނެރުތަކުގެ ސަބަބުން ކުރިން ދިމާވެފައިވާ ފަދަ ހިތާމަވެރި ހާދިސާތައް ތަކުރާރުވިޔަ ނުދިނުމަށް ކުރާ މަސައްކަތެއް ކަމަށެވެ.
އެ ކުންފުނީގެ އެހެން މަޝްރޫއުތަކާ އެއްގޮތަށް މި މަޝްރޫއުގެ މަސައްކަތް ވެސް ވީހާވެސް އަވަހަށް ނިންމާނެ ކަމަށް އެމްޓީސީސީން ބުންޏެވެ.
މުޖުތަމައާ ގުޅުންހުރި މިކަހަލަ މަސައްކަތްތަކުގައި އެމްޓީސީސީން އަންނަނީ އަބަދުވެސް އެހީވަމުންނެވެ.






