Close

އުރީދޫ ވާކް ގްރޫޕުގެ ހިދުމަތް މިޔުޒިޝަން ޔޫނިއަނަށް ދީފި

ރާއްޖޭގެ މިއުޒިޝަންސް ޔޫނިއަން (އެމްޔޫއެމް) އަށް އުރީދޫ “ވާކް ގްރޫޕް" ޕެކޭޖްގެ ހިދުމަތް ދޭން އެއްބަސްވުމެއްގައި ސޮއިކޮށްފިއެބެ.

މި އެއްބަސްވުމުގެ ދަށުން އެމްޔޫއެމް ގެ މެންބަރުންނަށް "އުރީދޫ ވާކް ގްރޫޕް" ގެ ހިދުަމަތްތަކުގެ ތެރެއިން ހިލޭ ގުޅުމާއި އެސްއެމްއެސް ގެ ހިދުމަތާއި ހަތަރު ޑިޖިޓުން ގުޅަން ބޭނުންކުރާ "ޝޯޓްކޯޑް" ގެ ހިދުމަތާއި "ވާކް ގްރޫޕް" ގެ ބޭރުން ހިލޭ ގުޅޭ ނަންބަރުތަކެއް ހުރުން ފަދަ ހިދުމަތްްތައް ލިމިޓެއް ނެތް ގޮތަށް ލިބޭނެއެވެ.

މީގެ އިތުރުން "ވާކް ގްރޫޕް" ޕޯޓަލްގެ ހިދުމަތްތަކާއި މެންބަރުންނަށް ހިލޭ "ބަލްކް އެސްއެމްއެސް" ފޮނުވުމުގެ ހިދުމަތްތަކާއި "އުރީދޫ ކްލަބް ޕްރިމިއާ" ގެ ފައިދާތައްވެސް އެމްޔޫއެމްގެ މެމްބަރުންނަށް ލިބޭނެއެވެ.

މި ހިދުމަތްތައް އިއްޔެއިން ފެށިގެން އެމްޔޫއެމް ގެ މެންބަރުންނަށް ލިބޭނެ ކަމަށް އުރީދޫއިން ބުންޏެވެ.

ގުޅުންހުރި ލިޔުންތައް

ހިޔާލު ފާޅު ކުރައްވާ!

ކޮމެންޓް

Your email address will not be published. Required fields are marked *

scroll to top