Close

މިއަހަރުގެ އެއް މިލިއަން ވަނަ ފަތުރުވެރިޔާއަށް އަތުވެއްޖެ

މިއަހަރުގެ އެއް މިލިއަން ވަނަ ފަތުރުވެރިޔާ މިއަދު ރާއްޖެ އަތުވެއްޖެއެވެ.

މިއަހަރުގެ އެއް މިލިއަން ވަނަ ފަތުރުވެރިޔާ އަކީ ފްރާންސްގެ އުމުރުން 42 އަހަރުގެ ވިންސެންޓް ޕިޓާއުއެވެ.

ވިންސެންޓަށް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ވަނީ ހޫނު މަރުހަބާއެއް ކިޔައިފައެވެ. މި ރަސްމިއްޔާތުގައި ޓޫރިޒަމް މިނިސްޓްރީ އާއި މަޓީ އާއި އެމްއެމްޕީއާރުސީ އާއި އިމިގްރޭޝަންގެ އިސް ބޭފުޅުން ބައިވެރިވެވަޑައިގެންނެވިއެވެ.

މި ދެމަފިރިންނަށް ޕެރަޑައިޒް އައިލެންޑުގެ ފަރާތުން ވަނީ ރާއްޖޭގައި ޗުއްޓީ ހޭދަ ކުރުމަށް ދަތުރެއް ހަދިޔާ ކޮށްފައެވެ.

ވިންސެންޓް ބުނީ ރާއްޖެއަކީ އެ ދެމަފިރިންނަށް އެންމެ ކަމުދާ މަންޒިލް ކަމަށެވެ. ރާއްޖޭގެ ސަގާފަތާއި ދިވެހިންގެ ހިތްހެޔޮ ކަމުގެ ސަބަބުން ރާއްޖެއަށް ތަކުރާރުކޮށް އަންނަން ބޭނުންވާ ކަމަށް އޭނާ ބުންޏެވެ.

މިއީ އޭނާ ރާއްޖެއަށް އައި 20 ވަނަ ފަހަރު ކަމަަށްވާއިރު، އޭނާ ރާއްޖެއަށް އައީ އޭނާގެ އަންހެނުންނާ އެކު ކްލަބް މެޑް ރިސޯޓުގައި ޗުއްޓީ ހޭދަކޮށްލުމަށެވެ.

މިއީ ކޮވިޑާ ގުޅިގެން ރާއްޖޭގެ ބޯޑަރު ބަންދު ކުރުމަށްފަހު ހުޅުވާލިފަހުން އެއް މިލިއަން ފަތުރުވެރިން ހަމަވި ފުރަތަމަ ފަހަރެވެ.

ގުޅުންހުރި ލިޔުންތައް

ހިޔާލު ފާޅު ކުރައްވާ!

ކޮމެންޓް

Your email address will not be published. Required fields are marked *

scroll to top