ހިޔާ ފްލެޓުތަކުގައި ގޭސް ހޮޅި އަޅަން މޯލްޑިވް ގޭސް އާ ހަވާލުކޮށްފިއެވެ.
އެޗްޑީސީގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި މި މަސައްކަތުގެ އެއްބަސްވުމުގައި މޯލްޑިވް ގޭސްގެ ފަރާތުން ސޮއި ކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރ ޝަޒައިލް ސިޔާމެވެ. އަދި އެޗްޑީސީގެ ފަރާތުން ސޮއި ކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރ ސުހައިލް އަހުމަދެވެ. އަދި
އެޗްޑީސީން ބުނީ މި ހޮޅިތައް ގުޅާނީ ކޮންމެ ޓަވަރެއްގެ ތިރީގައި ސްޓޯރެޖް ޔުނިޓެއް ބަހައްޓައިގެން ކަމަށެވެ. އަދި މިއީ ފްލެޓުތަކަށް ގޭސްފުޅި އަރުވާ ބޭލުމަކީ އުނދަގޫ އަދި ރައްކާތެރިކަމަކަށް ނުވާތީ އަޅާ ހޮޅިތަކެއް ކަމަށް އެ ކުންފުނިން ބުންޏެވެ.
މި މަސައްކަތް މޯލްޑިވް ގޭސް އިން ކުރާނީ އެމްއެންޑީއެފްގެ ގަވާއިދުތަކާ އެއްގޮތަށެވެ.
މި އެއްބަސްވުމުގެ ދަށުން ގޭސް ސިސްޓަމް ހެދުމުގެ މަސައްކަތް އަންނަ އަހަރުގެ ދެވަނަ ކުއާޓާގައި ނިންމަން ވަނީ ހަމަޖެހިފައެވެ.
މި ހިދުމަތް އެ ކުންފުންޏާ ހަވާލު ކޮށްފައިވަނީ 20 އަހަރު ދުވަހަށެވެ.






