Close

އާޒިމް ފަރެސްމާތޮޑާ އެއާޕޯޓުގެ މަސައްކަތްތައް ބައްލަވާލައްވައިފި

މޯލްޑިވްސް ކޮންސްޓްރަކްޝަން އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އިން ތަރައްގީ ކުރަމުން އަންނަ ފަރެސްމާތޮޑާ އެއާޕޯޓު
ގެ މަސައްކަތް އެ ކުންފުނީގެ ސީއީއޯ އާދަމް އާޒިމް ބައްލަވާލައްވައިފިއެވެ.

އާޒިމް މި މަސައްކަތް ބައްލަވައިލެއްވީ މިއަދު ފަރެސްމާތޮޑާއަށް ޒިޔާރަތް ކުރައްވައެވެ. މި ދަތުރުފުޅުގައި އާޒިމްގެ އިތުރުން އެކުންފުނީގެ ޓީމެއް ވަނީ މިއަދު ޒިޔާރަތް ކޮށްފައެވެ.

މި އެއާޕޯޓުގައި، 1200 މީޓަރުގެ ރަންވޭއެއް ހެދުމާއި، ޓެކްސީވޭ އަކާއި، އޭޕްރަންއެއްގެ އިތުރުން ސާވިސް ރޯޑު އިމާރާތް ކުރުމުގެ މަސައްކަތް މިހާރު ދަނީ ކުރަމުންނެވެ.

މިއީ 144.8 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ.

އާޒިމް ގެންދަވަނީ އެމްޓީސީސީގެ މަސައްކަތްތައް ބެއްލެވުމަށް އެކި ރަށްތަކަށް ޒިޔާރަތް ކުރަަްވަމުންނެވެ. މި ހަފުތާގައި އޭނާ ވަނީ ހއ. ހދ. ގެ ބައެއް ރަށްތަަކަށްޗެސް ވަޑައިގެންފައެވެ.

ގުޅުންހުރި ލިޔުންތައް

ހިޔާލު ފާޅު ކުރައްވާ!

ކޮމެންޓް

Your email address will not be published. Required fields are marked *

scroll to top