Close

މިނިވަންކަމަށްޓަކައި ގުރުބާންވާން ދިވެހިން ފަހެއް ނުޖެހޭނެ: އުމަރު

މިނިވަންކަމަށްޓަކައި ގުރުބާންވާން ދިވެހިން ފަހެއް ނުޖެހޭނެކަމަށް ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު ވިދާޅުވެއްޖެއެވެ.

ނަސްރުގެ ދުވަހާ ގުޅިގެން އުމަރު އިސްކޮށް ހުންނަވައި ހިންގަވާ، ދިވެހި ނޭޝަނަލް އެކްޝަން (ޑީއެންްއޭ)އިން އިންތިޒާމުކޮށްގެން ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުން އުމަރު ވިދާޅުވީ ނަސްރުގެ ދުވަސް ފަދަ މުހިއްމު ދުވަސްތައް ސަރުކާރުން ފާހަގަނުކުރި ނަމަވެސް މިއީ އެއްގޮތަކަށް ވެސް ދިވެހިންގެ ހަނދާނުން ކައްސާލައިގެން ދާނެ ދުވަސްތަކެއް ނޫން ކަމަށެވެ.

ދިވެހީންނަކީ ހިތްވަރުގަދަ ބައެއްކަން ފާހަގަ ކުރަށްވައި އުމަރުވިދާޅުވީ ދިވެހީންނަކީ މިނިވަންކަމަށް ޓަކައި ގުރުބާންވުމަށް އެއްވެސް މިންވަރަކަށް ފަސްނުޖެހޭނެ ބައެއްކަމަށެވެ. އަދި އެއްވެސް ބަޔަކު ދިވެހީން ދެރަކޮށްލުމުގެ ގޮތުން އެއްވެސް ވިސްނުމެއް ގެންގުޅެގެން ނުވާނެކަމަށް ވިދާޅުވިއެވެ.

"އަޅުގަނޑުމެން ދިވެހިންނަކީ ހަނގުރާމަ ކުރާ ބައެއް. މިނިވަންކަމާ ދެކޮޅަށް ބަޔަކު ތެދުވެއްްޖެޔާ. ކޮންމެ ފަހަރަކު ވެސް ދިވެހީންގެ ބަޔަކު ޝަހީދުވޭ،" އުމަރު ވިދާޅުވިއެވެ.

މީގެއިތުރުން ރާއްޖޭގެ މިނިވަން ކަމަކީ އެއްވެސް ބަޔަކަށް ގެންދެވޭނެ އެއްޗެއް ނޫން ކަމަށްވެސް އުމަރު ވިދާޅުވި އެވެ. އެގޮތުން ރާއްޖޭގެ މިނިވަންކަން ދިފާއުކުރަން ދިވެހިން ހަނގުރާމަ ކުރާނެ ކަމަށާއި އަދި ފުރާނަ ދޭން ޖެހިއްޖެނަމަ ފުރާނަ ވެސް ދިވެހިން ދޭނެ ކަމަށް އުމަރު ވިދާޅުވި އެވެ.

ޖަލްސާގައި ވާހަކަދައްކަވަމުން އުމަރުވަނީ ނޮވެމްބަރު ތިންވަނަ ދުވަހުގެ ހާދިސާ ހިނގައިދިޔަ ގޮތުގެ މައްޗަށް އަލިއަޅުއްވައިލައްވަވާފައެވެ. އެގޮތުން މިހާރުގެ ޖީލަށް ނޮވެމްބަރު ތިންވަނަ ދުވަހުގެ އުދުވާން ހިނގައިދޔަ ގޮތާމެދު އޮޅުން އަރާ ގިނަ ކަންތައްތަކެއް ހުރިކަމަށް ވިދާޅުވިއެވެ.

ނަސްރުގެ ދުވަހަކީ މަދު ދިވެހިންތަކަކާ ގުޅިގެން ހާއިނުންގެ ބަޔަކުއަރާ މި ގައުމުން 19 ދިވެހިން ޝަހީދު ކޮށްލި ދުވަސް ފާހަގަ ކުރުމުގެ ގޮތުން ފާހަގަ ކުރާ ދުވަހެކެވެ. ބޭރުގެ ކުލީސިފައިން ދިވެހިންގެ ބާޣީންނާއި ގުޅިގެން ރާއްޖެ ހިފަން އެރީ 3 ނޮވެމްބަރު 1988 ގައެވެ.

ގުޅުންހުރި ލިޔުންތައް

ހިޔާލު ފާޅު ކުރައްވާ!

ކޮމެންޓް

Your email address will not be published. Required fields are marked *

scroll to top