ކޮންސްޓްރަކްޝަން މަސައްކަތުގައި ބޭނުން ކުރާ ގަލްވަނައިޒްޑް ދަގަނޑު ގެނެސް އެސްޓީއޯ އިން ވިއްކަން ފަށައިފިއެވެ.
މި ދަގަނޑުތައް ލިބެން ހުންނާނީ އެސްޓީއޯ ކޮންސްޓްރަކްޝަނުންނެވެ.
ގަލްވަނައިޒް ހޮލޯ ސްކޮޔާ އަކީ ކޮންސްޓްރަކްޝަން މަސައްކަތުގައި އާއްމުކޮށް ބޭނުންވާ ދަގަނޑެކެެވެ. މި ދަގަނޑުތައް އާއްމުކޮށް ބޭނުން ކުރަނީ ފްރޭމްތަކާއި ގޭޓުތައް ހެދުމުގައެވެ.
އެސްޓީއޯ އިން ރާއްޖެއަށް ގިނަ އަދަދެއްގެ ކޮންސްޓްރަކްޝަން ސާމާނު އެތެރެ ކުރެއެވެ.
އެ ކުންފުންޏަކީ މިހާރު ކޮންސްޓްރަކްޝަނުގެ ދާއިރާގެ ގިނަ ބައެއްގެ އިތުބާރު ލިބިފައިވާ ސާމާނު އެތެރެ ކުރާ އެއް ކުންފުންޏެވެ.






