ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު (ވީއައިއޭ) ގެ ހުޅަނގު އޭޕްރަން ހުޅުވައިފިއެވެ.
މިއަދު އޭޕްރަން ހުޅުވުމުގެ ގޮތުން ބޭއްވި ރަސްމިއްޔާތުގައި އެމްއޭސީއެލް އިން ވަނީ އިންޑިއާއިން ރާއްޖެ އައި މޯލްޑިވިއަންގެ ފްލައިޓަކަށް ފެނުގެ ސެލިއުޓާއެކު މަރުހަބާ ކިޔާފައެވެ.
މި ރަސްމިއްޔާތުގައި އެމްއޭސީއެލްގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު ގޯޑަން އެންޑްރޫ އާއި އައިލެންޑް އޭވިއޭޝަންގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު މިހާދާއި އެއާލައިން އޮޕަރޭޓަ ކޮމެޓީގެ ޗެއާމަން މަހުޖޫބު އަބްުދުﷲ ބައިވެރިވެވަޑައިގެންނެވިއެވެ.
އެމްއޭސީއެލްގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރ ގޯޑަން ސްޓުވާޓް ވިދާޅުވީ އާ އޭޕްރަނާއެކު އެމްއޭސީއެލްގެ ހިދުމަތްތައް ކުރިއަށްވުރެ އަވަސްވާނެ ކަމަށެވެ. އަދި މި އޭޕްރަން ޑޮމެސްޓިކް އެއާޕޯޓު ކުރިމަތީގައި އޮތުމުން ޑޮމެސްޓިކް ދަތުރުތައް ކުރާ މީހުންގެ ވަގުތު ސަލާމަތްވާނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
މި އޭޕްރަންގައި އިންޓަނޭޝަނަލް އަދި ޑޮމެސްޓިކް ފްލައިޓުތައް ޕާކު ކުރުމަަށް ނުވަ ސްޓޭންޑެއް ވަނީ ގާއިމް ކޮށްފައެވެ.






