Close

އުރީދޫއަށް 3 ވަނަ ކުއާޓާގައި 109.5 މިލިއަން ރުފިޔާ ފައިދާވެއްޖެ

އުރީދޫ މޯލްޑިވްސް އަށް މިއަހަރުގެ ތިންވަނަ ކުއާޓާގައި 109.5 މިލިއަން ރުފިޔާ ފައިދާވެއްޖެއެވެ.

މިއީ މިއަހަރު ދެވަނަ ކުއާޓަރާ އަޅާ ބަލާއިރު 11 މިލިއަން ރުފިޔާގެ އިތުރުވުމެކެވެ. މިއަހަރުގެ ދެވަނަ ކުއާޓާގައި އެ ކުންފުންޏަށް ސާފު ފައިދާގެ ގޮތުގައި ލިބުނީ 97.6 މިލިއަން ރުފިޔާއެވެ.

މިދިޔަ އަހަރުގެ ތިންވަނަ ކުއާޓަރުގައި އުރީދޫއަށް 62 މިލިއަން ރުފިޔާގެ ފައިދާއެއް ލިބުނެވެ. އެހެންވެ މިދިޔަ ކުއާޓާގައިބއެ ކުންފުނީގެ ފައިދާ ވަނީ މިދިޔަ އަހަރުގެ މި މުއްދަތާ އަޅާ ބަލާއިރުވެސް އިތުރުވެފައެވެ.

މިއަހަރުގެ ތިންވަނަ ކުއާޓާގައި އެ ކުންފުނީގެ އާމްދަނީ ވެސް ވަނީ އިތުރުވެފައެވެ. އެގޮތުން އެ ކުންފުންޏަށް 335.7 މިލިއަން ރުފިޔާގެ އާމްދަނީއެއް ލިބުނުއިރު މިއީ މިދިޔަ އަހަރުގެ ތިންވަނަ ކުއާޓަރާ އަޅާ ބަލާއިރު 58 މިލިއަން ރުފިޔާގެ އިތުރުވުމެކެވެ.

އުރީދޫ އަށް މިއަހަރުގެ ތިންވަނަ ކުއާޓާގައި ލިބުނު ފައިދާއިން ހިއްސާއަަކަށް ޖެހެނީ 0.76ރ. އެވެ.

ގުޅުންހުރި ލިޔުންތައް

ހިޔާލު ފާޅު ކުރައްވާ!

ކޮމެންޓް

Your email address will not be published. Required fields are marked *

scroll to top