މޯލްޑިވްސް ނޭޝަނަލް ޕާޓީ (އެމްއެންޕީ)އިން މިހާރު ދެކުނުގެ ބައެއް ރަށްތަކަށް ކުރަމުންދާ ދަތުރުގައި އެޕާޓީގެ އޮފީސް އައްޑޫ ސިޓީ ފޭދޫ އަދި ހިތަދޫގައި ހުޅުވައިފިއެވެ.
އެމްއެންޕީ އައްޑޫސިޓީ ހިތަދޫ އޮފީސް އަދި ފޭދޫ އޮފީސް އަދި ފޭދޫ ޒުވާނުންގެ ލައުންޖް ހުޅުވައިދެއްވީ އެމްއެންޕީގެ ރައީސް، ދަނގެތީ ދާއިރާގެ މެންބަރު ކާނަލް (ރޓޑ) މުޙައްމަދު ނާޒިމްއެވެ.
އެމްއެންޕީގެ ލީޑަރޝިޕް ސައުތަށް ކެރާ ދަތެރެ ތެރެއިން: އެމްއެންޕީ އައްޑޫސިޓީ ހިތަދޫ އޮފީސް އަދި ޒުވާނުންގެ ލައުންޖް ހުޅުވައިދިނުމަށްފަހި ޕާޓީގެ ރައީސް ކާނަލް (ރޓޑ) މުޙައްމަދު ނާޒިމްގެ ވާހަކަ ދެއްކުން#MNPTrips #MNPSouthRegion #MNPAddu pic.twitter.com/FlJPBjN3b2
— Maldives National Party (@MNP_Secretariat) November 6, 2021
އެމްއެންޕީގެ ލީޑާޝިޕުން ރާއްޖޭގެ އެންމެ ދެކުނަށް ކުރަމުންދާ ދަތުރަކީ އެޕާޓީގެ މެންބަރުންނާ ބައްދަލުކޮށް، ރައްޔިތުންގެ ހާލު ގާތުން ބެލުމަށް ކުރާ ދަތުރެކެވެ. އަދި ޕާޓީގެ ހަރަކާތްތައް ފުޅާކުރެވޭނެ ގޮތްތަކާމެދު މެންބަރުންގެ މަޝްވަރާ ހޯދައި، އެކުވެރި މާހައުލެއްގައި ވަގުތު ހޭދަކުރާނެއެވެ.
އެމްއެންޕީގެ ލީޑަރޝިޕް ސައުތަށް ކެރާ ދަތެރެ ތެރެއިން: އެމްއެންޕީ އައްޑޫސިޓީ ފޭދޫ އޮފީސް އަދި ޒުވާނުންގެ ލައުންޖް ހުޅުވައިދިނުމަށްފަހި ޕާޓީގެ ރައީސް ކާނަލް (ރޓޑ) މުޙައްމަދު ނާޒިމްގެ ވާހަކަ ދެއްކުން#MNPTrips #MNPSouthRegion #MNPAddu pic.twitter.com/rcBMz8HMbv
— Maldives National Party (@MNP_Secretariat) November 6, 2021
މިދަތުރުތަކުގައި އެންމެ ފުރަތަ ދަތުރުކުރުމަށް ހަމަޖެހިފައިވަނީ އައްޑޫ މަރަދޫ، ފޭދޫ، މަރަދޫ ފޭދޫ އަދި ހިތަދޫއަށެވެ. އަދި މިމަހުގެ 7 ވަނަ ދުވަހު ދަތުރުކުރުމަށް ހަމަޖެހިފައިވަނީ އައްޑޫ މީދޫ އާއި ހުޅުދޫއަށެވެ. އަދި ފުވައްމުލައް ސިޓީއަށް ދަތުރުކުރަނީ މިމަހު 8 އިން 9އަށެވެ.
އެމްއެންޕީން ދެކުނަށް ދަތުރެއް ފަށާފައިވާއިރު، މި ހަފްތާގައި ވަނީ އުތުރުގެ ބައެއް ރަށްރަށަށް ވެސް ޒިޔާރަތް ކޮށްފަ އެވެ.






