ވީއައިއޭ ގައި ހުންނަ “ޕޯސްޓް ޝޮޕް” އިން މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ)ގެ ބަސް ކާޑު ލިބޭގޮތް ހަދައިފިއެވެ.
މި ފިހާރައިން ބަސް ކާޑުގއ ހިދުމަތް ލިބެން ހުންނާނީ ކޮންމެ ދުވަހެއްގެ ހެނދުނު 10:00ން ރޭގަނޑު 11:00ށް އަށެވެ. ބަސ ކާޑު ވިއްކުމާއި ރީލޯޑު ކޮށްދިނުމާއި ސިންގަލް ޖާނީ ޓިކެޓް ވެސް އެ ފިހާރައިން ލިބޭނެއެވެ.
ބަސް ކާޑު ހޯދުމާއި ކާޑަށް ރުފިޔާ އެޅުމުގެ ޚިދުމަތް މާލެއިން މިހާރުދެނީ ހެންވޭރު ފެރީ ޓާމިނަލާއި މާފަންނު ފެރީ ޓާމިނަލާއި ވިލިނގިލި ފެރީ ޓާމިނަލާއި މާފަންނު ބަސް ޓާމިނަލުންނެވެ. އަދި ހުޅުމާލެ ފެރީ ޓާމިނަލާއި ފަހި ޕްލާޒާ ފިހާރައިން ވެސް މި ހިދުމަތް ލިބޭނެއެވެ.
މީގެ އިތުރުން ހުޅުމާލޭ ދެވަނަ ފިޔަވަހީގެ ހިޔާ ސްޓޮޕް ވަން ކައުންޓަރުން ވެސް މި ހިދުމަތް މިހާރު ލިބޭނެއެވެ.
ބަހުގެ ހިދުމަތާ ބެހޭ އިތުރު މައުލޫމާތު އެމްޓީސީސީ ވެބްސައިޓާއި މޯބައިލް އެޕްލިކޭޝަން ނުވަތަ 1650 އަށް ގުޅައިގެން ވެސް ހޯދޭނެއެވެ.






