މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ)ގެ ޔޫތު ވިންގްގެ ފަރާތުން ނޫކަށި ލައުންޖުގެ ނަމުގައި ޒުވާނުންނަށް ޚާއްޞަ ލައުންޖެއް ހުޅުވައިފިއެވެ.
މިލައުންޖް ހުޅުވާފައިވަނީ މާފަންނު ވެސްޓްޕާކް ސަރަހައްދުން ހަވީރީ ހިނގުމުގައި މ.ގަހަނާ ލޮޖް ގޭގައެވެ.
މިރޭ މިލައުންޖް ހުޅުވުމަށް ބޭއްވިި ރަސްމިއްޔާތުގައި ނޫކަށި ލައުންޖް ހުޅުވައިދެއްވީ ޕާޓީގެ ރައީސް ކާނަލް (ރޓޑ) މުޙައްމަދު ނާޒިމެވެ.
އެމްއެންޕީ ޔޫތު ވިންގްގެ "ނޫކަށި ލައުންޖް" ހުޅުވުމުގެ ރަސްމިއްޔާތުގެ ތެރެއިން@MNPYouth #MNPYouth pic.twitter.com/XOToNsm1Pl
— Maldives National Party (@MNP_Secretariat) November 17, 2021
މިރޭ މިހުޅުވުނު ލައުންޖަކީ ޒުވާނުން އެއްތަނަކުން ބައްދަލުވެ ޕީއެސް، ރާޒުވާ އަދި ކެރަމް ފަދަ އެކިއެކި ކުޅިވަރުތައް ކުޅެވޭނެ އިންތިޒާމް ހަމަޖެހިފައިވާ ޒުވާނުންގެ ލައުންޖެއް ކަމަށް އެމްއެންޕީއިން ބުނެއެވެ.
މިރޭގެ ރަސްމިއްޔާތުގައ އެމްއެންޕީގެ ރައީސް ކާނަލް (ރޓޑ) މުޙައްމަދު ނާޒިމާއި، އެ ޕާޓީގެ ލީޑަރޝިޕްގެ އިތުރުން ފާޓީގެ އާންމު މެންބަރުންނާއި، ގިނަ އަދަދެއް ޒުވާނުން ބައިވެރިވިކަމަށް އެމްއެންޕީއިން މައުލޫމާތު ދެއެވެ.






