Close

އެސްޓީއޯއިން “ކޯނޭ” ލިފްޓުގެ ހާއްސަ ޕްރޮމޯޝަނެއް

ސްޓޭޓް ޓްރޭޑިން އޮގަނައިޒޭޝަން (އެސްޓީއޯ)އިން ވިއްކާ “ކޯނޭ” ބްރޭންޑުގެ ލިފްޓުތަކަށް ހާއްސަ ޕްރޮމޯޝަނެއް މިއަދު ފަށައިފިއެވެ.

މި ޕްރޮމޯޝަނުގެ ދަށުން ލިފްޓު ގަތުމުން ހިލޭ އިންސްޓޯލް ކޮށްދޭނެއެވެ. މި ޕްރޮމޯޝަން މިއަދުން ފެށިގެން ތިން ދުވަހުގެ މުއްދަތަކަށް ކުރިއަށްދާނެއެވެ.

މިޕްރޮމޯޝަން ކުރިއަށްދާނީ ހުޅުމާލެ ސެންޓްރަލް ޕާކުގައި މިއަދު ފަށާ "މޯލްޑިވްސް ލިވިންގް އެކްސްޕޯ 2021" ގައެވެ. އެގޮތުން މި އެކްސްޕޯގައި ބަހައްޓާފައިވާ އެސްޓީއޯގެ ސްޓޯލްއަށް ޒިޔާރަތްކޮށް ލިފްޓް އޯޑަރު ކުރާ ފަރާތްތަކަށް ލިފްޓުގެ އިންސްޓޮލޭޝަން ފީ އުނިކޮށް، އެމަސައްކަތް ހިލޭ ކޮށްދޭނެ ކަމަށް އެސްޓީއޯއިން ބުންޏެވެ.

އިންސްޓޮލޭޝަން ފީ ހިލޭ ކޮށްދިނުމުގެ އިތުރުން ލިފްޓް ގަންނަން ބޭނުންވާ ފަރާތްތަކުން ބޭނުންވާ ގޮތަށް، ވަގުތުން ލިފްޓް ޑިޒައިން ކޮށްލުމުގެ އިންތިޒާމުވެސް އެ ސްޓޯލުގައި ހަމަޖެހިފައި ހުންނާނެއެވެ. އަދި ލިފްޓު ބޭނުންވާ ޑިޒައިނަށް ފަރުމާކުރުމަށްފަހު ލިފްޓުގެ މޮޑެލް ބަލާލުމުގެ އިންތިޒާމްވެސް ވަނީ ހަމަޖެހިފައިއެވެ.

ފިންލޭންޑްގެ އުފެއްދުމެއްކަމަށްވާ ކޯނޭގެ ޑިޒައިންތަކަށް ވަނީ ބައިނަލްއަގުވާމީ ގޮތުން ފާހަގަކޮށްލެވޭ "ރެޑް ޑޮޓް ޑިޒައިން އެވޯޑް" އެކިފަހަރު މަތިން ލިބިފައެވެ.

އެސްޓީއޯއިން ވަނީ ދާދި ފަހުން ކޯނޭގެ ޓަޗްލަސް ސިގްނަލައިޒޭޝަންވެސް ރާއްޖެއަށް ތައާރަފް ކޮށްފައެވެ.

ގުޅުންހުރި ލިޔުންތައް

ހިޔާލު ފާޅު ކުރައްވާ!

ކޮމެންޓް

Your email address will not be published. Required fields are marked *

scroll to top