Close

ބަންގަލަދޭޝުން ރާއްޖެއަށް ދަތުރުތައް ފަށައިފި

ބަންގްލަދޭޝްގެ އެއާލައިން، ޔޫއެސް-ބަންގްލާ އިން ރާއްޖެއަށް ސީދާ ދަތުރުތައް ފަށައިފިއެވެ.

އެ އެއާލައިނުން ރާއްޖެއަށް ދަތުރުތައް ފެށީ މިދިޔަ ހުކުރު ދުވަހުއެވެ.

އެ އެއާލައިނުން ބަންގްލަދޭޝްގެ ވެރިރަށް ޑާކާއިން ރާއްޖެއަށް ހަފުތާއަކު ތިން ދަތުރު ކުރާނެއެވެ. އެއީ ހުކުރު، އާދީއްތަ އަދި އަންގާރަ ދުވަހުއެވެ.

މި ދަތުރުތައް ފެށީ އެ ގައުމުން ރާއްޖެއަށް އަންނަ ފަތުރުވެރިންގެ އަދަދު އިތުރުވުމުން ކަމަށް އެ އެއާލައުނުން ބުންޏެވެ.

ރާއްޖެއަކީ ބަންގްލަދޭޝްގެ މަސައްކަތްތެރިން ގިނަ ގައުމަކަށްވެފައި އެ މީހުންނަށާއި ފަތުރުވެރިންނަށްވެސް ފަސޭހަކަމާއެކު އަގުހެޔޮކޮށް މިހާރު ދަރުކުރެވޭނެ ކަމަށް ވެސް ޔޫއެސް-ބަންގްލާ އެއާލައިނުން ބުންޏެވެ.

ގުޅުންހުރި ލިޔުންތައް

ހިޔާލު ފާޅު ކުރައްވާ!

ކޮމެންޓް

Your email address will not be published. Required fields are marked *

scroll to top