އަލަށް އުފަންވާ ކުދިންނަށް ގިފްޓް ހެމްޕާ ދޭ ކެމްޕެއިނެއް އެސްޓީއޯއިން ފަށައިފިއެވެ.
“ފަހުރުވެރި އާއިލާއަށް”ގެ ނަމުގައި މިމަހު ފެށި މި ކެމްޕެއިނަކީ އެސްޓީއޯ އާއި ޓްރީޓޮޕް ހޮސްޕިޓަލާ ގުޅިގެން ހިންގާ ކެމްޕޭނެކެވެ.
މި ކެމްޕެއިނުގެ ދަށުން ގިފްޓު ހެމްޕާ ދޭނީ ޓްރީޓޮޕް ހޮސްޕިޓަލްގައި އުފަންވާ ކުޑަކުދިންގެ އާއިލާތަކަށް ކަމަށް އެސްޓީއޯއިން ބުންޏެވެ.
މި ގިފްޓް ހެމްޕާގައި ގިނަ ބައެއްގެ މެދުގައި މަގުބޫލުކަން ހޯދާފައިވާ އެސްޓީއޯގެ ޕްރޮޑަކްޓްތައް ހިމެނޭނެއެވެ. މީގެ ތެރޭގައި ބާޒާރުގައި ލިބެން ހުރި އެންމެ ކޮލިޓީ ނެޕީ ކަމުގައިވާ ހަގީސް ނެޕީ އަދި ހަގީސް ވޮންޑަ ޕޭންޓްސް ހިމެނެއެވެ.
އެސްޓީއޯ ސުޕަމާޓުން ލިބެން ހުންނަ، ދުނިޔޭގެ ގިނަ ބައެއްގެ އިތުބާރު ހޯދާފައިވާ ހަގީސް ނެޕީ އަދި ހަގީސްގެ ވޮންޑާ ޕޭންޓްސްއަކީ ދިވެހިންގެ ތެރޭގައި ވަރަށް މަގުބޫލު އުފެއްދުމެކެވެ. މި ނެޕީން ކުޑަކުދިންގެ ހަންގަނޑަށް އަރާމް ލިއްބައިދޭ މޮޅު ނެޕީއެކެވެ.






