ރެރިންބޯއިން އައްޑޫ ސިޓީގައި އިންވެސްޓް ކުރުމުގެ ޝައުގުވެރިކަން ފާޅުކުރައްވައިފި އެވެ.
ރެއިންބޯއިން މިކަމަށް ޝައުގުވެރިކަން ފާޅުކުރައްވާފައިވަނީ މިއަދު އައްޑޫ ސިޓީ ކައުންސިލާއި އެކު ކުރިއަށްގެންދިޔަ ބައްދަލުވުމެއްގަ އެވެ.
މިބައްދަލުވުމުގައި ރެއިންބޯ ކޮންސްޓްރަކްޝަން އިން ވަނީ އައްޑޫ ސިޓީގައި ހައުސިންގް ޕްރޮޖެކްޓެއް ފެށުމަށާއި، އެހެނިހެން ދާއިރާ ތަކުގައި އިންވެސްޓް ކުރުމުގެ ޝައުގުވެރިކަން ފާޅުކުރައްވާފައިކަމަށް އައްޑޫ ސިޓީ ކައުންސިލުން ހާމަ ކުރެއްވި އެވެ.
އައްޑޫ ސިޓީ ކައުންސިލުން ރެރިންބޯ ކޮންސްޓްރަކްޝަން އާއި މިއަދު ބައްދަލުކުރައްވައިފި. މިބައްދަލުވުމުގައި ރެއިންބޯ ކޮންސްޓްރަކްޝަން އިން ވަނީ އައްޑޫ ސިޓީގައި ހައުސިންގް ޕްރޮޖެކްޓެއް ފެށުމަށާއި، އެހެނިހެން ދާއިރާ ތަކުގައި އިންވެސްޓް ކުރުމުގެ ޝައުގުވެރިކަން ފާޅުކުރައްވައިފަ. 1/2 pic.twitter.com/n3IsHdO5Kw
— Addu City Council (@AdduCityCouncil) November 27, 2021
މިބައްދަލުވުމުގައި އައްޑޫ ސިޓީގެ މޭޔަރ ޢަލީ ނިޒާރު ވަނީ އައްޑޫ ސިޓީގައި އިންވެސްޓްކުރުމަށް ގަސްތުކުރާ ފަރާތްތަކަށް އަބަދުވެސް މަރުޙަބާ ކިޔާ، އެފަރާތްތަކަށް އައްޑޫ ސިޓީ ކައުންސިލްގެ ފުރިހަމަ އެއްބާރުލުން އަބަދުވެސް ލިބޭނެ ކަމުގެ ފުރިހަމަ ޔަޤީންކަން ދެއްވާފައިވެ އެވެ.






