ތިލަފުށީގެ އިމާރާތް ކުރަމުން ދިޔަ ތަނަކުން ބިދޭސީއަކު ވެއްޓި މަރުވެއްޖެ އެވެ.
ފުލުހުން ބައެއް މީޑިއާތަކަށް ބުނީ، ތިލަފުށީގައި މި ހާދިސާ ހިނގިކަމުގެ ރިޕޯޓު ހެނދުނު 9:30 ގައި ލިބުނު ކަމަށެވެ. އަދި އެކަން ބަލަމުން އަންނަ ކަމަށެވެ.
އިމާރާތްކުރަމުން ދިޔަ ތަނަކުން ވެއްޓި މަރުވީ ބަންގްލަދޭޝްއަށް ނިސްބަތްވާ 38 އަހަރުގެ ފިރިހެނެއް ކަމަށް ފުލުހުން ވަނީ ބުނެފައެވެ.
އޭގެ ފަހުން އައިޖީއެމްއެޗުން ބުނީ އެ މީހާ ހޮސްޕިޓަލަށް ގެންދިޔައިރު ވެސް މަރުވެފައިވާ ކަމަށެވެ.
މަންޒަރު ދުށް މީހަކު ބުނެފައި ވަނީ، ހަދަމުން ދިޔަ އިމާރާތެއްގެ ތިރީހަކަށް ފޫޓު މަތީގައި ހުރި ޖުންގެއްގެ މަތިން ތިރީ ފްލޯއަށް އެ މީހާ ފުންމާލީ ކަމަށެވެ.






