Close

މަސްތުވާތަކެތި ނައްތާލުމުގައި އޮބްޒާވަރުންގެ ގޮތުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި

ޝަހީދު ހުސައިން އާދަމް ބިލްޑިންގ

މަސްތުވާތަކެތި ނައްތާލުމުގައި އޮބްޒާވަރުންނަށް ގޮތުގައި ބައިވެރިވުމުގެ ފުރުސަތު އާއްމު ރައްޔިތުންނަށް ހުޅުވާލައިފިއެވެ.

ފުލުހުންގެ ޙިދުމަތުން މިއަދު ނެރެފައިވާ އިއުލާނެއްގައި ބުނެފައިވާ ގޮތުން މަސްތުވާތަކެތީގެ ޓްރެފިކިންގ މައްސަލަތަކާއި އެނޫން މައްސަލަތަކުގައި ޑްރަގް އެންފޯސްމަންޓުގެ ބެލުމުގެ ދަށަށް ގެނެސްފައިވާ 314 ކިލޯގެ މަސްތުވާތަކެތި ނައްތާލުމަށް އާއްމު ރައްޔިތުންނަށް ވަނީ އޮބްޒާވަރުންގެ ގެ ގޮތުގައި ބައިވެރިވުމުގެ ފުރުސަތު މިއަދުގެ 16:00 އާ ހަމައަށް ވަނީ ހުޅުވާލާފައެވެ.

އެގޮތުން މިކަމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން އެފަރާތެއްގެ  ފުރިހަމާ ނަމާއި، ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑު ނަންބަރާއި، ގުޅޭނެ ފޯނު ނަންބަރާއެކު ޕޮލިސް މީޑިއާ މެއިލް [email protected] އަށް މެއިލް ކުރުމަށް ފުލުހުން ވަނީ އެދިލައްވާފައެވެ. އަދި އޮބްޒާވަރުންގެ ގޮތުގައި ބައިވެރިވުމުގެ ފުރުސަތު ދިނުމަށްހަމަޖެހިފައިވަނީ މެއިލް ކުރާ ތަރުތީބުން ކަނޑައެޅޭ ވަކި މިންވަރަކަށް ކަމަށް ފުލުހުން ވަނީ ފާހަގަ ކުރައްވާފައެވެ.

މަސްތުވާތަކެތި ނައްތާލުން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ ޑިސެމްބަރު 28 ވަނަ ދުވަހުގެ ހެނދުނު ދޫނިދޫގައެވެ.

ގުޅުންހުރި ލިޔުންތައް

ހިޔާލު ފާޅު ކުރައްވާ!

ކޮމެންޓް

Your email address will not be published. Required fields are marked *

scroll to top