ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު ބޮޑުވުމާ ގުޅިގެން، އެސްޓީއޯގެ ސަބްސިޑަރީ ކުންފުނި އެފްއެސްއެމް އިން ޑީސަލާއި ޕެޓްރޯލް ވިއްކާ އަގު ބޮޑުކޮށްފިއެވެ.
މިއަދުން ފެށިގެން ގެންނަ މިބަދަލާއެކު ، ޕެޓްރޯލް ލީޓަރެއްގެ އަގު 12.06ރ. އަށް އަދި ޑީސަލް ލިޓަރެއް 12.44 ރ. އަށް ވަނީ ބޮޑުކޮށްފައެވެ. ކުރިން ޕެޓްރޯލް ލިޓަރެއް ހުރީ 11.16ރ. ގައެވެ. އަދި ޑީސަލް ލިޓަރެއްގެ އަގު ހުރީ 11.84ރ. ގައެވެ.
އެސްޓީއޯ އިން ބުނީ ތެލުގެ އަގު އަނެއްކާ ވެސް އުފުލުނީ މިދިޔަ ހަތް އަހަރު ތެލުގެ އަގު ބޮޑުނުވާ ވަރަށް ދުނިޔޭގެ ބާޒާރުގައި އޭގެ އަގު ބޮޑުވުމުން ކަމަށެވެ. ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު ވަނީ ފީފާއެއް 86.71 ޑޮލަރު (1،337ރ.) އަށް އަރައިފައެވެ. މިއީ ފާއިތުވި ހަތް އަހަރު ތެރޭ ތެލުގެ އަގު މިހާ ބޮޑަށް އުފުލުނު ފުރަތަނަ ފަހަރެވެ.






