Close

ދިވެހި ރުފިޔާގެ ރަސްމީ ނިޝާން އެމްއެމްއޭއިން ޢާއްމު ކޮށްފި

ދިވެހި ރުފިޔާގެ ރަސްމީ ނިޝާން އެމްއެމްއޭއިން މިއަދު ޢާއްމު ކޮށްފި އެވެ.

މި ކަމަށްޓަކައި މޯލްޑިވްސް މަނިޓޮރީ އޮތޯރިޓީ، އެމްއެމްއޭ އިން ބޭއްވި ރަސްމިއްޔާތުގައި ދިވެހި ފައިސާގެ ނިޝާން ތަޢާރަފު ކޮށްދެއްވީ މިނިސްޓަރ އޮފް އެންވަޔަރަމެންޓް، ކްލައިމެޓް ޗޭންޗް އެންޑް ޓެކްނޮލޮޖީ އައިމިނަތު ޝައުނާ އެވެ.

ދިވެހި ރުފިޔާގެ މި ނިޝާން ބޭނުން ކުރުމުގައި ގެންގުޅެންޖެހޭ މިންގަނޑުތައްވެސް އެމްއެމްއޭއިން މިއަދު ވަނީ އާންމުކޮށްފައެވެ.

އެގޮތުން ދިވެހި އަދި އިނގިރޭސި ބަހުން މި ނިޝާން ބޭނުންކުރާނެ މިންގަނޑުތައް ބަޔާން ކޮށްފައިވާއިރު އަބަދުވެސް ފައިސާގެ ނިޝާން އޮންނަން ވާނީ ހިސާބު އަކުރުގެ ވައަތު ފަރާތުގައި ކަމަށް މި މިންގަނޑުގައި ހިމަނާފައިވެއެވެ.

އެމްއެމްއޭއިން މިއަދު ޢާންމު ކުރެއްވި ދިވެހި ރުފިޔާގެ މި ނިޝާން ފަރުމާކޮށްފައި ވަނީ، މ.ސްޕޮޓްލައިޓް، ހުސެއިން ޝުޖާއެވެ.

އެމްއެމްއޭ އިން ދިވެހި ރުފިޔާގެ ނިޝާން ފަރުމާ ކުރުމަށް މިދިޔަ އަހަރު ހުޅުވާލުމުން 70 ހުށަހެޅުމެއް ލިބިފައި ވާއިރު ޝުޖާއުގެ ޑިޒައިން، ދިވެހި ފައިސާގެ ނިޝާންގެ ގޮތުގައި ކަނޑައެޅީ އެކަމަށް ޚާއްސަކޮށް އުފައްދާފައިވާ ފަންނީ ތަޖުރިބާކާރުންގެ ޕެނަލަކުންނެވެ.

އަލަށް ތައާރަަފްކުރި ނިޝާނާ އެކު ލިޔުމުގައި ފައިސާގެ ނަން ލިޔުމުގެ ބަދަލުގައި މި ނިޝާން ބޭނުން ކުރެވޭނެއެވެ.

މީގެއިތުރުން މީގެ ފަހުން ޗާޕުކުރާ ފައިސާގައިވެސް މި ނިޝާން ބޭނުން ކުރާނެކަމަށް އެމްއެމްއޭ އިންވަނީ ބުނެފައެވެ.

ގުޅުންހުރި ލިޔުންތައް

ހިޔާލު ފާޅު ކުރައްވާ!

ކޮމެންޓް

Your email address will not be published. Required fields are marked *

scroll to top